ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށައިފި

ރާއްޖެއާ ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރަންޝަލް ޓްރޭޑް އެގްރީމަންޓަށް ޢަމަލުކުރަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން އިޤްތިޞާދީ ވުޒާރާއިން ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ސަރުކާރާއި ތުރުކީވިލާތުގެ ޖުމްހޫރިއްޔާގެ ސަރުކާރާ ދެމެދު 04 ނޮވެމްބަރު 2024 ގައި ސޮއިކުރެވިފައިވާ "ޕްރިފަރަންޝަލް ޓްރޭޑް އެގްރީމަންޓް ބިޓްވީން ދަ ގަވަރންމެންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމެންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރުކިޔޭ" އެއްބަސްވުމަށް މިއަދު، 01 އޮގަސްޓް 2026 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާކަން އިޢުލާނު ކޮށްފައެވެ.
އެ ވުޒާރާއިން ބުނީ މި އެއްބަސްވުމުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަށްޓަކައި ދިވެހިރާއްޖެ އަދި ތުރުކީވިލާތުގެ ސަރުކާރުން ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަކޮށްފައިވާކަމުގެ ފައިނަލް ނޯޓިފިކޭޝަން ލިޔުމުން ދެ ޤައުމުގެ ދެމެދުގައި ވަނީ ބަދަލުކުރެވިފައި ކަމަށެވެ.
އެ ވުޒާރާއިން ބުނީ މި އެއްބަސްވުމަށް ޢަމަލުކުރަން ފަށާ ތާރީޚަކީ 01 އޮގަސްޓް 2026 ކަމުގައި ދެފަރާތުން އެއްބަސްވެފައިވާތީ، އެ ތާރީޚުން ފެށިގެން މި އެއްބަސްވުމަށް މިވަނީ ޢަމަލުކުރަން ފަށާފައިވާ ކަމަށެވެ.

.gif.gif&w=828&q=100)
