ފެނަކަ ސައީދު ގޭ ބަންދުގައި ހުންނަވާތާ ފަސް މަސް

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ޖަލަށް ލާން ހުކުމްކޮށްފައިވާ، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ގޭބަންދުގައި ހުންނަވާތާ ފަސް މަސް ދުވަސްވެއްޖެ އެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ މިދިޔަ ފެބްރުއަރީ 15 ގައި ސައީދު ގޭ ބަންދަށް ބަދަލުކުރި ގޮތަށް އަދިވެސް ހުންނެވީ ސިއްހީ ސަބަބުތަކާ ހެދި ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.
ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ފެނަކަ ހިންގި ބޮޑަތި ކޮރަޕްޝަންތަކުގައި ސައީދުއަށް ވަނީ ބޮޑަތި ތުހުމަތުތަކެއް ކުރެވިފަ އެވެ.
އިތުރަށް




.gif.gif&w=828&q=100)