logologologologo
STO
ޚަބަރު

ރާއްޖޭގައި ދެލައްކަ އާއި ގާތްކުރާ އަދަދަކަށް ބިދޭސީން ދިރިއުޅޭ

ރާއްޖޭގައި ދެލައްކަ އާއި ގާތްކުރާ އަދަދަކަށް ބިދޭސީން ދިރިއުޅޭ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 12

ރާއްޖޭގައި 200،000 އާއި ގާތް ކުރާ އަދަދަކަށް ބިދޭސީން ދިރިއުޅޭ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ހިސާބުތަކުން ދައްކައިފި އެވެ.

ދުނިޔޭގައި އިއްޔެ ފާހަގަކުރި އާބާދީގެ ދުވަހާ ގުޅުވައިގެން ނެރުނު ރިޕޯޓުގައި ބުނީ ރާއްޖޭގައި ދިރިއުޅޭ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަކީ ބިދޭސީއެއް ކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ 47 ޕަސެންޓު ފިރިހެނުންނަކީ ބިދޭސީން ކަމަށް ވެސް، ރިޕޯޓުގައި ބުންޏެވެ.

މާލޭގައި ދިރިއުޅޭ އާބާދީގައި މަސައްކަތު އުމުރުފުރާގެ މީހުން ގިނަ ކަމަށާއި އަދި އެ އުމުރުގެ ބިދޭސީން ވެސް ގިނަ ކަމަށް އެ އިދާރާއިން ބުންޏެވެ.

އާބާދީގެ ހުލާސާ

- ރާއްޖޭގައި ދިރިއުޅެނީ 590،079 މީހުން

- ދިވެހިންގެ އާބާދީއަކީ 394،054 މީހުން

- ބިދޭސީންގެ އަދަދަކީ 196،024 މީހުން

ރިޕޯޓުގައި ބުނީ ރަށްރަށުގައި ދިރިއުޅޭ އާބާދީގައި 20-29 އަހަރާ ދެމެދުގެ އުމުރު މީހުން މަދު ކަމަށެވެ. އަދި ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 20-44 އަހަރާ ދެމެދުގެ މީހުން ގިނަ ކަމަށާއި އޭގެ ތެރޭގައި ވެސް ބިދޭސީން ގިނަ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުންޏެވެ.

މާލޭގެ އާބާދީގެ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަކީ ބިދޭސީއެކެވެ. އަދި ރަށްރަށުގައި ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކު ބިދޭސީއަކަށް ވާއިރު، ނޮން-އެޑްމިނިސްޓްރޭޓިވް ރަށްރަށުގެ އާބާދީގެ 80 ޕަސެންޓަކީ ބިދޭސީން ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގެ އާބާދީގައި ގިނައީ 36-64 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ އާބާދީގެ 37 ޕަސެންޓު މީހުންނެވެ. ނަވާވީސް ޕަސެންޓާއެކު ދެން ގިނައީ 0-17 އަހަރާ ދެމެދުގެ ކުދިންނެވެ. ޒުވާނުން ކަމަށް ބަލާ 18-35 އަހަރުގެ ތިބީ 27 ޕަސެންޓެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް