logologologologo
STO
ޚަބަރު

ސަރުކާރުން ހެދި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ސަބަބުން ޑޮލަރުގެ ތާށިކަމަށް ހައްލެއް ލިބިއްޖެ: އައިއެމްއެފް

ސަރުކާރުން ހެދި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ސަބަބުން ޑޮލަރުގެ ތާށިކަމަށް ހައްލެއް ލިބިއްޖެ: އައިއެމްއެފް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 17

ރާއްޖޭގައި އަލަށް އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ސަބަބުން، ބާޒާރުގައި ޑޮލަރު ލިބުމަށް ހުރި ދަތިތަކަށް ލުޔެއްލިބި، ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވުމަށް މަގުފަހިވެފައިވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ހާމަކޮށްފިއެވެ.

އައިއެމްއެފް އިން މިކަން ހާމަކޮށްފައިވަނީ، 2026 ވަނަ އަހަރުގެ އާޓިކަލް IV މިޝަންގެ ދަށުން ރާއްޖޭގެ އިގްތިސާދީ ހާލަތު ދިރާސާކުރުމަށްފަހު ނެރުނު ބަޔާނުގައެވެ. ޕިޔަޕޯން ސޮޑްސްރީވިބޫން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދިޔަ މި މިޝަން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ ޖޫން މަހުގެ 4 އިން 14 އަށެވެ.

އައިއެމްއެފްގެ ވަފުދުން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ ބޭރުގެ މާލީ ހާލަތަށް ފިއްތުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ބޭރު ފައިސާ ލިބޭނެ މަގުތައް އިތުރުކުރުމަށް މި ގާނޫނުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިފައިވެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުން ދިއުމާއި، ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުން ލިބުނު އެހީތެރިކަމުގެ ސަބަބުން، މާލީ ގޮންޖެހުންތަކުން އަރައިގަތުމަށާއި ރިޒާވް މަތިކުރުމަށް ބާރަކަށްވި ކަމަށް އެ ފަންޑުން ފާހަގަކުރިއެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނަކީ ރާއްޖޭގައި ބޭރު ފައިސާ ބަދަލުކުރުމާއި، ބޭނުންކުރުމާއި އަދި ބޭރު ފައިސާއިން އާމްދަނީ ހޯދުމާ ގުޅޭ އުސޫލުތައް ކަނޑައަޅާ ގާނޫނެކެވެ. އައިއެމްއެފްގެ ދިރާސާއިން ދައްކާ ގޮތުގައި، މި ގާނޫނުގެ ސަބަބުން ބޭރު ފައިސާގެ ބާޒާރުގައި ހުރި ތާށިކަން ފިލުވުމަށް ވަނީ އެދެވޭ ބަދަލުތަކެއް އައިސްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް