logologologologo
STO
ޚަބަރު

ޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ

ޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 05

ޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ކައުންސިލް ޝުޖާއު އަލީ މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.

އެލްޖީއޭއިން ވަނީ ވަގުތީ ގޮތުން ކައުންސިލުގެ އިދާރާއަށް ނުނިކުތުމަށް އޭނާއަށް އަންގައި، ކައުންސިލް ހިންގުން ނައިބު ރައީސާ ހަވާލުކޮށްފައެވެ.

ޝުޖާއު ކައުންސިލްގެ ރައީސް ކަމަށް އިންތިހާުވެފައި ވަނީ އުފާލާފައިވާ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގަ އެވެ. އެލްޖީއޭއިން ބުނެފައިވާ ގޮތުގައި ޝުޖާއު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވެފައިވަނީ މެއި 19 ވަނަ ދުވަހު ކަމަށެވެ. 

ދަ ޑިމޮކްރެޓްސް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ސިޔާސީ ޕާޓީގެ ގާނޫނުގައި ލާޒިމްކުރާ 3000 މެންބަރުން އެ ޕާޓީގައި ހަމަނުވުމުގެ ސަބަބުންނެވެ.

އެ ކޮމިޝަނުން ފޮނުވި ސިޓީގައިވާ ގޮތުން، މެންބަރުން ހަމަކުރުމަށް ދެވުނު ތިން މަސްދުވަހުގެ މުއްދަތު އޭޕްރީލް 11، 2026 އަށް ހަމަވިއިރު، އެ ޕާޓީގައި ތިބީ 2716 މެންބަރުންނެވެ. އެހެންކަމުން ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ޕާޓީ އުވާލުމަށް ކޮމިޝަނުން ނިންމައި، އެކަން އަންގައި ސިޓީ ފޮނުވާފައިވަނީ އޭޕްރީލް 23، 2026 ގައެވެ. ނަމަވެސް ޕާޓީ އުވާލިކަން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ ބުދަ ދުވަހު އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވާ މެންބަރަކު އެ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކޮށްފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ. މި މައްސަލައިގައި ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ނަމަ، އޭނާ ވެގެންދާނީ ރާއްޖޭގައި ޕާޓީ ބަދަލުކުރުމުގެ ސަބަބުން ގޮނޑި ގެއްލޭ ފުރަތަމަ ކައުންސިލަރަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް