ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސްއަށް ކުރިމަތިލުމަށް ހުޅުވާލައިފި

ގދ. ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސްއަށް ޝަޢުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އިމާރަތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ތިނަދޫގައި ތަރައްޤީކޮށްފައިވާ ރޯ ހައުސްތައް ދޫކުރުމަށް ހަމަޖެހިފައިވާގޮތުގެ އުޞޫލު އާންމުކޮށްފައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒަރާއިން ވިދާޅުވީ ތިނަދޫގައި ތަރައްޤީކޮށްފައިވާ 200 ރޯހައުސްތަކަށް އެދުމުގެ ފުރުޞަތު މިމަހުގެ 7ވަނަ ދުވަހުން ފެށިގެން އަންނަ ނޮވެމްބަރުމަހުގެ 7 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. މި ރޯހައުސްތަކަށް ޝަޢުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ހިޔާވެހި ޕޯޓަލް hiyaavehi.housing.gov.mv މެދުވެރިކޮށެވެ.
ރޯހައުސްއަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބަލަންޖެހޭ މިންގަނޑުތައް ބަލައި، ރޯހައުސްއަށް އެދި ހުށަހަޅާ ހުށަހެޅުންތައް އިވެލުއޭޓްކުރާނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނުވަތަ އެ ވުޒާރާއިން ކަނޑައަޅާ އިދާރާއަކުން ނުވަތަ ކޮމިޓީއަކުންނެވެ.
ތިނަދޫގައި އިމާރާތް ކޮށްފައިވާ 200 ރޯހައުސްއަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ އިޢުލާންކުރީ މިއަހަރުގެ ޖެނުއަރީމަހުގައެވެ. އެހެންނަމަވެސް ތިނަދޫ ކައިންސިލުން އެކަމަށް އިޢުލާން ކުރީ ގެދޮރުވެރިކަމަ ބެހޭ ވުޒާރާގެ ހުއްދަނުހޯދާ ކަމުން އެ އިޢުލާން ބާތިލްކުރިއެވެ.
އިތުރަށް





.gif.gif&w=828&q=100)