logologologologo
STO
ޚަބަރު

މަޖިލިސް ނައިބް ރައީސް ކަމުން ނާޒިމް އިސްތިއުފާ ދީފި

މަޖިލިސް ނައިބް ރައީސް ކަމުން ނާޒިމް އިސްތިއުފާ ދީފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 31

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ކަމުގެ މަގާމުން، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިސްތިއުފާ ދެއްވައިފި އެވެ.

ނާޒިމް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި، ބަޔާނެއް ވެސް ނެރުއްވައިފަ އެވެ. 

އޭނާގެ އިތުބާރު ނެތް ކަމަށް ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ސޮއި ކުރައްވާ މަޖިލީހަށް ހުށަހެޅީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތުގަ އެވެ. އަދި މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާ އިން ބަރީއަވާ ކަމަށް ވެސް ތުހުމަތުކޮށްްފައިވެ އެވެ. 


އޭނާ ވިދާޅުވީ އެ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެ ގަރާރުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ.


ނާޒިމް ވިދާޅުވި ގޮތުގައި އޭނާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އެވެ. އެއްވެސް ހާލަތެއްގައި މަގާމުގެ ޒިންމާ އިން ބަރީއަވެ މަގާމުގެ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައިނުވާ ކަމަށް ވިދާޅުވި އެވެ. 

އޭގެއިތުރުން މަޖިލީހުގެ މެންރުންގެ މެދުގައި މަސްލަަތު ގެއްލޭނެ ކަމެއް ކޮށްފައިނުވާ ކަމަށާއި މަގާމުގެ ނުފޫޒު ބޭނުންކޮށްފައިނުވާނެ ކަމާއި މަގާމުގެ ނާޖައިޒު ފައިދާ ނަގާފައިނުވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ. 

ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން އޭނާއަށް އިތުބާރު ނެތް ކަމަށް ނިންމައި އޭނާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅީ މި މަހު 13ގައި ބޭއްވި ބައްދަލުވުމުގަ އެވެ.

ޕީއެންސީން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، މަޖިލީހުގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލުމަށް އޭނާ ތަކުރާރުކޮށް މަސައްކަތްކުރައްވާފައިވާ ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް