logologologologo
STO
ޚަބަރު

ވަޒީފާއިން ވަކި ކުރުމުން ބަދަލު ހިފަން ރައީސްގެ އަބުރު ކަތިލާނެ ކަމަށް އީޝާ ބުނާ އޯޑިއޯ އެއް ސޯޝަލް މީޑިއާގައި ލީކުވެއްޖެ

ވަޒީފާއިން ވަކި ކުރުމުން ބަދަލު ހިފަން ރައީސްގެ އަބުރު ކަތިލާނެ ކަމަށް އީޝާ ބުނާ އޯޑިއޯ އެއް ސޯޝަލް މީޑިއާގައި ލީކުވެއްޖެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 13

ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރ ގެ މަގާމުން އީޝާ އަޝްރަފް ވަކި ކުރުމުން އެކަމުގެ ބަދަލު ހިފަން ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އަބުރު ކަތިލާނެ ކަމަށް އީޝާ ބުނާ އޯޑިއޯ އެއް ސޯޝަލް މީޑިއާގައި ލީކުވެއްޖެ އެވެ.

މި އޯޑިއޯ ލީކުކޮށްލާފައި ވަނީ ރާކަނި ނަމަކަށް ކިޔާ ޕޭޖަކުންނެވެ.

އޯޑިއޯގައި ދައްކާ ވާހަކަ:

އީޝާ: ކޮންތާކު

ބައްޕަ: ގޭގަ

އީޝާ: މަ ، މުޢިއްޒު ވަޒީފާއިން ވަކިކޮށްލީ

ރައީސް އޮފީހުން އެ ގުޅީ ހަމަ

ބައްޕަ: އެހެންވަނީ؟

އީޝާ: ރައީސް އޮފީހުން ގުޅާފަ ބުނީ މިއަދުން ފެށިގެން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރު ކަމުގެ މަގާމުން ވަކިކުރީ އޭ.

ވަކިކުރި ކަމުގެ ލިޔުމާއި އެއްޗެހި ފޮނުވާނަމޭ. އެވާހަކަ ބުނަންށޯ ގުޅީ. މަބުނިން އޯކޭއޭ. މައްސަލައެއް ނެތޭ.

އީޝާ: އެކަމަށްޓަކާ އޭގެ ބަދަލު މަ ހިފާނަން އިރާދަކުރެއްވިއްޔާ ކޮންމެސް ދުވަހަކުން.

ބައްޕަ: އާން

އީޝާ: މިހާ ދެރަވަރުކޮށް ނުހެދޭނެ މުޢިއްޒު ހީނުކުރާތި މަ ހަމަ ސީދާ ބަދަލު ހިފާނީ ހިތިކޮށް ހަމަ ނިންމާނަން

 

 

އިތުރު ތަފްސީލު އަންނަނީ…

MALDIVE GASAllied Insurance
އިތުރަށް