logologologologo
STO
ޚަބަރު

އައްޑޫ އީޝާ އަޝްރަފްގެ ޕާސްޕޯޓް ހިފަހައްޓައިފި

އައްޑޫ އީޝާ އަޝްރަފްގެ ޕާސްޕޯޓް ހިފަހައްޓައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޭޕްރީލު 28

ރައީސް ޑރ މުޙައްމަދު މުޢިއްޒުއަށް ގަޒުފުކޮށް އަބުރުކަތިލި މައްސަލާގައި އައްޑޫ މީދޫ އީޝާ އަޝްރަފްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ހުޅުމާލޭގައި އީޝާ އަޝްރަފު ދިރިއުޅޭ އެޕާޓްމަންޓަށް ފުލުހުން މިއަދު ގޮސް، އީޝާއަށް ވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ރައްދުކޮށްދީފަ އެވެ.

އީޝާގެ ޕާސްޕޯޓް އަދި ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމުގެ އަމުރުކުރީ އިއްޔެއިން ފެށިގެން އަންނަ 26 ޖުލައިގެ ނިޔަލަށް، ތިން މަސްދުވަހުގެ މުއްދަތަކަށެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އީޝާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ޑޮކިއުމަންޓަރީ ތައްޔާރުކުރުމުގައި އިޝާގެ ބައިވެރިވުން އޮތް ކަމަށެވެ.

އީޝާ ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

MALDIVE GASAllied Insurance
އިތުރަށް