ޗައިނާއިން ރާއްޖެއަށް ތެޔޮ އެކްސްޕޯޓްކުރަން ހުއްދަ ދީފި - ރޮއިޓާސް

ޗައިނާއިން މެއި މަހު ތެޔޮ އެކްސްޕޯޓުކުރާ މިންވަރު އިތުރުކުރަން ނިންމާފައި ވާއިރު ހޮންކޮންގުގެ އިތުރުން އެހެން ސަރަހައްދުތަކަށް ވެސް ތެޔޮ ވިއްކާނެ ކަމަށާއި އޭގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނޭ ކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފި އެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު އެނގޭ ދެ ފަރާތަކާ ހަވާލާދީ ރޮއިޓާސް އިން ބުނި ގޮތުގައި، މުޅި ދުނިޔޭގައި ވސް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ގައުމު ކަމަށްވާ ޗައިނާއިން އަންނަ މަހު 500،000 މެޓްރިކް ޓަނުގެ ތެޔޮ އެކްސްޕޯޓުކުރުމަށް ވަނީ ހުއްދަ ދީފަ އެވެ.
ހުއްދަ ދިން 500،000 ޓަނުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ލިބިފައިވަނީ އެންމެ ބޮޑު ރިފައިނަރީ ކަމަށްވާ ސިނޮޕެކް އަށެވެ. އަދި ޕެޓްރޯޗައި އަށް 150،000 ޓަނު އަދި ސީއެންއޯއޯސީ އަށް 40،000 ޓަނު ފޮނުވުމުގެ ހުއްދަ ދީފައިވާ ކަމަށް، މިކަމުގެ މައުލޫމާތު އެނގޭ ދެ ފަރާތުގެ ތެރެއިން އެއް ފަރާތަކުންނާއި އިންޑަސްޓްރީގެ ވަކި ދެ މަސްދަރަކުން ރޮއިޓާސް އަށް މައުލޫމާތު ދީފައިވެ އެވެ.
މިފަހަރު ޗައިނާއިން ތެޔޮ ފޯރުކޮށްދޭން ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، މިޔަންމާ، ކެމްބޯޑިއާ، ލާއޯސް އަދި އޮސްޓްރޭލިއާ ހިމެނޭ ކަމަށް ރޮއިޓާސް އިން ބުންޏެވެ.
ތެޔޮ އެކްސްޕޯޓްކުރާ މިންވަރު ކުޑަކޮށް އިތުރުކުރީ ޗައިނާގެ އެތެރޭގައި ތެލުގެ އަގު ހިފެހެއްޓިފައި ހުރުމުން، އަގު ބޮޑު ތެލުން ލިބޭ ފައިދާ ކުންފުނިތަކަށް ދަށްވެފައި ވާތީ ބައިނަލްއަގުވާމީ ބާޒާރުގައި ބޮޑު ފައިދާ ހޯދުމުގެ ފުރުސަތު ދިނުމަށް ދައުލަތުގެ ރިފައިނަރީތަކުން ބާރުއެޅުމުން ކަމަށްވެ އެވެ. އެކަމަކު މި މައުލޫމާތު ހާމަކޮށްފައިވާ ދެ ފަރާތުން ބުނެފައިވާ ގޮތުގައި، ޗައިނާ ސަރުކާރުން ވަނީ އެކްސްޕޯޓްކުރާނެ ގައުމުތަކާއި މިންވަރު ވެސް ކަނޑައަޅައިފަ އެވެ.
އިތުރަށް




.gif.gif&w=828&q=100)
