ސިނަމާލެ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް ޗައިނާގެ ހިލޭ އެހީގެ ދަށުން ކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި

ސިނަމާލެ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް ޗައިނާގެ ހިލޭ އެހީގެ ދަށުން ކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މި މަސައްކަތް އިތުރު ތިން އަހަރަށް ހަވާލުކުރީ ކުރިން ވެސް އެ މަސައްކަތް ކުރި، ޗައިނާގެ ސީސީސީސީ ކުންފުންޏާ އެވެ.
އެ އެއްބަސްވުމުގެ ދަށުން ކުރާނެ ކަންކަން:
• ފިނިޝިން އަދި ރިޕެއާގެ މަސައްކަތް
• ޕްރިވެންޓިން މެއިންޓެނަންސް މަސައްކަތް
• ބްރިޖް މެއިންޓެނަންސް މަސައްކަތް
• ބްރިޖް މެއިންޓެނަންސް މަސައްކަތް ދެނެގަތުމާ ގުޅޭ އެސެސްމެންޓްތައް ހެދުން
• ރިކޯޑް ބަލަހައްޓާނެ ނިޒާމެއް ގާއިމް ކުރުން
• ބްރިޖުގެ އެކިއެކި ކޮމްޕޮނެންޓްސް ތަކަށް ބޭނުންވާ މަރާމާތުތައް ދެނެގަނެ، މެއިންޓެނަންސް މަސައްކަތް ކުރުން
އެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުން އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ބްރިޖު ބަލަހައްޓައި ރާއްޖޭގައި އޭގެ ކެޕޭސިޓީ އިތުރުކުރުމަށް ޗައިނާއިން އެހީތެރިވެދޭނެ ކަމަށާއި އެ މަސައްކަތްތައް ކުރުމަށް ދިވެހި ޓެކްނީޝަނުން ތައްޔާރުކޮށް ބޭނުންވާ ތަމްރީނު ވެސް ދޭނެ ކަމަށެވެ.
އިތުރަށް




.gif.gif&w=828&q=100)
