
ސޯލިހު ވެރިކަމުން ފޭބިއިރު އެންމެ 2 މިލިއަން ޑޮލަރު ހުރި އެސްޑީއެފްގައި މިހާރު 275 މިލިއަން ޑޮލަރު އެބަހުރި
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވެރިކަމުން ފޭބިއިރު އެންމެ 2 މިލިއަން ޑޮލަރު ހުރި އެސްޑީއެފްގައި މިހާރު 275 މިލިއަން ޑޮލަރު އެބަހުރި ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ރައީސް ވިދާޅުވި ގޮތުގައި ދަރަނި އަދާކުރުމަށް އުފައްދާފައިވާ އެސްޑީއެފްގައި މިވަގުތު 275 މިލިއަން ޑޮލަރު އެބަހުއްޓެވެ. އެ ބަދަލު ގެނެވުނީ، އެއާޕޯޓް ޑިވަލޮޕްމެންޓް ފީ ބޮޑުކޮށް، އެ ފަންޑަށް ޖަމާކުރާ ޑޮލަރު އިތުރުކޮށްގެންނެވެ. އޭގެ ތެރެއިން 150 މިލިއަން ޑޮލަރު އަންނަ އޭޕްރީލްގައި ދައްކަން ޖެހޭ ސުކޫކަށް ދެއްކުމަށް ބޭނުން ކުރާނެ އެވެ.
ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ރައީސް ވިދާޅުވީ، ފިސްކަލް ހާލަތު ރަނގަޅުކޮށް ދައްކަން ހުރި ދަރަނިތައް ދައްކަން މިހާރަށް ވުރެ ލުއިގޮތްތަކެއް ހޯދަން ޗައިނާއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކުރެވުނު ކަމަށެވެ. އަދި ރިޒާވަށް އިތުރުކުރެވުނު އިންޑިއާގެ ކަރެންސީ ސްވޮޕް ފެސިލިޓީ ވެސް ރޯލްއޯވާ ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ އަހަރު ސަރުކާރުން ވަނީ އަބޫދާބީ ފަންޑް ފޯ ޑިވަލޮޕްމެންޓުން 2018 ވަނަ އަހަރު ނެގި 100 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުން ވެސް އިތުރު ފަސް އަހަރަށް ފަސްކޮށްފަ އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޢަބްދުއްޝަކޫރަކީ މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚްލާޞްތެރިއެއް: ރައީސް 2026 މާރިޗު 24
މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ ޤާނޫނެއް ހަދަނީ2026 މާރިޗު 23
އަސާސީ ކާބޯތަކެތި ލިބުމުގައި ކަންބޮޑުވުމެއް ނެތް، އަގު ވެސް މައްޗަށް ނުދާނެ: ރައީސް2026 މާރިޗު 23
ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް އެބަކުރަން: ރައީސް2026 މާރިޗު 23