
މަތީ ތަޢުލީމާބެހޭ ވުޒާރާގެ ޕޯޓަލް "ކުރި" އިފްތިތާޙްކޮށްފި
ޒައުޖަތު އަޙުމަދުމަތީ ތަޢުލީމާއި މަސައްކަތްތަކާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު، ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ އެ ވުޒާރާގެ "ކުރި" ޕޯޓަލް އިފްތިތާޙްކޮށްދެއްވައިފައެވެ.
"ކުރި" ޕޯޓަލް އިފްތިތާޙްކުރުމުގެ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވަޒީރު ދެއްކެވި ވާހަކާގައި، ދަރިވަރުންނަށް އުފުލަންޖެހިފައިވާ ދަތިތަށް ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ "ކުރި" ޕޯޓަލް މެދުވެރިކޮށް މި ދަތިތަކަށް ދާއީމީ ޙައްލެއް ލިބިގެންދާނެކަމަށެވެ.
މި ޕޯޓަލްއަކީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު ދިވެހިރާއްޖޭގެ ހުރިހާ މުވައްސަސާތަކެއް ޑިޖިޓަލައިޒްކުރުމަށް "މޯލްޑިވްސް 2.0" ގެ ދަށުން ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ހުޅުވާލެވޭ ޕޯޓަލެއްކަމަށް ވެސް ވަޒީރު، ޑރ.ޢަލީ ޙައިދަރު ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނުގެ ފާހަކަފުޅު ނިންމަވާލައްވަމުން ވަނީ، މުޅި ދަޢުލަތުގެ ހުރިހާ މުވައްސަސާއެއް ގުޅިގެން މަސައްކަތްކޮށް، ސުމޭކުގެ ދާއިރާއިން ރާއްޖެ އިސްލާހީ އަދި އިންގިލާބީ ބަދަލުތަކާއި ދިމާއަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅާއި ދެއްވަވާ އެއްބާރުލުމަށް ޝުކުރު ދަންނަވައިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
