logo
logo
މަތީ ތަޢުލީމް ޙާސިލްކުރަން މި ސަރުކާރުން ދޫކުރި ލޯނުގެ މިންވަރު އެއް ބިލިއަނުން މަތީގައި!

މަތީ ތަޢުލީމް ޙާސިލްކުރަން މި ސަރުކާރުން ދޫކުރި ލޯނުގެ މިންވަރު އެއް ބިލިއަނުން މަތީގައި!

2025 އޯގަސްޓު 10
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މަތީ ތަޢުލީމް ޙާސިލްކުރަން ސަރުކާރުން ދޫކުރި ލޯނުގެ މިންވަރު އެއް ބިލިއަނަށްވުރެ އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މަތީ ތަޢުލީމާބެހޭ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ 2024 ވަނަ އަހަރާ މިއަހަރުގެ އޯގަސްޓް މަހުގެ 7 ވަނަ ދުވަހާއި ހަމައަށް، މަތީ ތަޢުލީމު ޙާސިލްކުރަން ދޫކުރި ލޯނު ފައިސާ ވަނީ 1.011 ބިލިއަނަށް އަރައިފައެވެ. އެގޮތުން މި މުއްދަތުގައި 1،011،811،520.95 ރުފިޔާ ދޫކޮށްފައިވެއެވެ.

މަތީ ތަޢުލީމް ޙާސިލް ކުރުމަށް މިއަހަރުގެ މިހާތަނަށް އެކަނިވެސް ސަރުކާރުން ވަނީ 311،441،221.92 ރުފިޔާ ދޫކޮށްފައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެ ވުޒާރާއިން ހާމަކުރި ތަފާސް ހިސާބުގެ ތަފްސީލަށް ބަލާލާއިރު، ސަރުކާރުން މިހާތަނަށް 1159 ފަރާތަކަށް ލޯނު ދޫކޮށްފައިވާއިރު، އޭގެތެރޭގައި 546 ފިރިހެން ދަރިވަރުން އަދި 613 އަންހެން ދަރިވަރުން ހިމެނެއެވެ. މީގެތެރެއިން 558 ފިރިހެން ދަރިވަރުންނާއި 406 އަންހެން ދަރިވަރުން ކިޔެވުން ފުރިހަމަކޮށްފައިވެއެވެ.

 

 

2025 ވަނަ އަހަރު 282 ފަރާތަކަށް ލޯނު ދޫކޮށްފައިވާއިރު، އޭގެތެރޭގައި 115 ފިރިހެން އަދި 167 އަންހެން ދަރިވަރުން ހިމެނެއެވެ. މި އަހަރުގެ މިހާތަނަށް 382 ފަރާތަކުން ކޯސް ފުރިހަމަކޮށްފައިވާއިރު، އޭގެ ތެރޭގައި 227 ފިރިހެން އަދި 155 އަންހެން ދަރިވަރުން ހިމެނެއެވެ.

ސަރުކާރުގެ ލޯނު އެހީގައި 1676 ދަރިވަރުން ކިޔަވަމުން އަންނައިރު، ރާއްޖެ ހިމެނޭހެން 40 ޤައުމެއްގައި މި ދަރިވަރުން ތިބިކަން ފާހަގަ ކުރެވެއެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް