
އަލިމަގު އޮޕަރޭޝަންގައި ހައްޔަރުކުރި ސިޔާސީ މުވައްޒަފަކު މަޤާމުން ވަކިކޮށްފި
ޒައުޖަތު އަޙުމަދުމަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގާ އަލިމަގު އޮޕަރޭޝަންގައި ހައްޔަރުކުރި ސިޔާސީ މުވައްޒަފަކު މަޤާމުން ވަކިކޮށްފިއެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކުރީ ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހެ ވުޒާރާގެ ސީނިއާ ޕޮލިޓިކް ޑިރެކްޓަރެއްގެ މަޤާމުގައި ހުރި ގއ. ވިލިނގިލީ އައިޒަން އަޙްމަދު އަނާމް އިބްރާހީމްއެވެ.
އިއްޔެ ހިންގި މި އޮޕަރޭޝަންގައި ގއ.އަތޮޅުގެ 10 ތަނެއްވަނީ ބަލާ ފާސްކޮށްފައެވެ. މިމައްސަލައިގައި ފުލުހުންވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންގެތެރޭގައި ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ދާޚިލީ ވުޒާރާގެ ޑައިރެކްޓަރ ޝައްފާހު ލަޠީފް ހިމެނެއެވެ.
މިމައްސަލައިގައި ހިމެނޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން، ކޯޓުންވަނީ ޝަރީޢަތް ނިމެންދެން އަނާމް ބަންދުކުރުމަށް މުއްދަތު ޖަހައިދީފައެވެ.
މިމައްސަލައާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުވަނީ އަނާމް ވަކިކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
މީގެ ކުރިންވެސް ޤާނޫނާއި ގަވާއިދާ ޚިލާފަށް އެކި ކަންކަމުގައި ހަރަކާތްތެރިވެފައިވާ ސަރުކާރުގެ އިސް މީހުންނާމެދު ސަރުކާރުންވަނީ ފިޔަވަޅު އަޅައިފައެވެ. ސަރުކާރުންވަނީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް އުޅޭ މީހުންނާ މެދު ފިޔަވަޅުއެޅުމަށް ސަރުކާރު ފަސްނުޖެހޭނެކަމަށް ބުނެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރާއްޖޭގައި ބަނގުރަލާއި މަސްތުވާތަކެތީގެ ވިޔަފާރީގައިވެސް ބިދޭސީން!2026 ޖެނުއަރީ 23
ގއ. ޑްރަގް އޮޕަރޭޝަންގައި މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒް ކޮށްފި 2026 ޖެނުއަރީ 13
ފުލުހުން މިއަދު ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި2026 ޖެނުއަރީ 11
މިއަދު ހިންގާ ޑްރަގް އޮޕަރޭޝަންގައި 10 ތަނެއް ބަލާފާސްކޮށް 4 މީހުން ހައްޔަރުކޮށްފި2026 ޖެނުއަރީ 11