ކުރާނެ މަސައްކަތެއް ނެތުމުން 15 މިނެޓަށްފަހު މަޖިލީހުގެ ޖަލްސާ ނިންމާލައިފި

ތަޅުމުގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުން ބައިގަޑިއިރު ނުވަނީސް މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާ ނިންމާލައިފިއެވެ.
މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވީ ޖަލްސާއަށް ހާޒިރުވީ 93 މެންބަރުންގެ ތެރެއިން 39 މެންބަރުންނެވެ. ޖަލްސާގެ އެޖެންޑާގައި އޮތީ ހިޔުމަންރައިޓްސް ކޮމިޝަންގެ ރައީސް ކަމަށް އެކޮމިޝަންގެ މެންބަރު ޑރ ޢާއިޝަތު ރަމީލާ އައްޔަނު ކުރުމާމެދު ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅައި އެއަށް ބަހުސްކޮށް ވޯޓަށް އެހުމެވެ.
ރިޕޯޓް ހުށަހެޅުމުން އެއާ ގުޅިގެން ވާހަކަދެއްކެވީ ދިއްގަރު ދާއިރާގެ މެންބަރުން އަބްދުالله ނާޒިމް އެކަންޏެވެ. އިތުރު މެންބަރެއް ވާހަކަދައްކަން އެދިފައި ނެތުމުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله ވަނީ އެ މައްސަލައަށް ވޯޓަށް އެހުމަށްފަހު ޖަލްސާ ނިންމަވާލައްވާފައެެވެ.
”އެ ހުށަހެޅުމުގައި މަސައްކަތް ތަކުގެ ތެރެއިން މިވަގުތަށް ނިންމެން ހުރި މަސައްކަތް މި ނިމުނީ. އެހެން ހުރިހާ މަސައްކަތެއް އޮތީ ކޮމިޓީ މަރުހަލާގައި. އެހެންވީމާ އިތުރު މަސައްކަތެއް ކުރާކަށް ނެތް އެޖެންޑާގައެއް. އެކަމަކު މި ދަންނަވަނީ މަޖިލީހުގެ ޖަލްސާތަކުގައި ކުރާނެ މަސައްކަތް ނެތް ވާހަކައެއްނޫން. މިއީ އާއްމު ޖަލްސާއެއް ނޫން. މިއީ ވަކި ކަމެއް ކުރުމަށް އެދި ހުށަހެޅުމުން ބޭއްވި ޖަލްސާއެއް.“ އަބްދުއްރަޙީމް ވިދާޅުވިއެވެ.
ޖަލްސާ ނިންމާލެވިކަން އިއުލާން ކުރެއްވުމުގެ ކުރީ އަބްދުއްރަޙީމް ވިދާޅުވީ މިއަދުގެ އެޖެންޑާގައި ކުރަން ހުރި މަސައްކަތްތައް އެއްކޮށް ނިންމާލެވިއްޖެ ކަމަށާއި، އިތުރު މަސައްކަތެއް ކުރަން އެޖެންޑާގައި ނެތް ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ދައުރުން ބޭރުން މިހާރު ބާއްވަމުން ގެންދާ ޖަލްސާތަކަކީ ވަކި މަސައްކަތްތަކަކަށް ހާއްސަކުރެވިގެން، މަޖިލީހުގެ 31 މެންބަރަކު ސޮއިކުރައްވައި ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެން ބާއްވަމުން ގެންދާ ޖަލްސާތަކެއް ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)