
ޑެމަރޭޖް ނާރާ ވަގުތު 124 ގަޑިއިރަށް އިތުރުކުރަން ނިންމައިފި
ވައިގެ މަގުން ރާއްޖެ އަށް ގެންނަ މުދާ ކްލިއާކުރުން ލަސްވުމުގެ ސަބަބުން ޑެމަރޭޖަށް ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމުގެ ޝަކުވާ ބައެއް ވިޔަފާރިވެރިން ރޭ ކުރުމާ އެކު، ޑެމަރޭޖް ނުވެ މުދާ ބެހެއްޓޭ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ދިގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ތެރެއިން ކާގޯގެ ޚިދުމަތް ހޯއްދަވާ ބައެއް ފަރާތްތަކުން ވަނީ މިހާރު އެއަރޕޯޓުގައި އެމްއޭސީއެލްއިން މުދާ ކްލައަރ ކުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭކަމަށް ވިދާޅުވެފައެވެ. މިއާއެކު މުދާ އެތެރެކޮށް ގިނަ ވަގުތު ބަހައްޓަން ޖެހުމުން އެއަށް ދައްކަން ޖެހޭ އަގު ނުވަތަ ޑެމަރޭޖް ފީ އިތުރުވެގެންދާކަމަށް ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ.
"މިކަމުގައި އެމްއޭސީއެލްއާއި މަޝްވަރާކޮށްލާފައި މި ނިންމީ މި 80 ގަޑިއިރު 124 ގަޑިއިރަށް، ޑެމަރޭޖް ނާރާ ވަގުތު އިތުރުކޮށްދޭނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭރުން މުދާ ގެންނަ ވިޔާފާރިވެރިންނަށް އެއަރޕޯޓު އަދި ސީޕޯޓުތަކުގައި ދިމާވާ ހުރިހާ ދަތިތަކެއް ހައްލުކޮށްދިނުމަށް އެކަމުގައި މަޝްވަރާކޮށްގެން ހައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަންވެސް ވިޔަފާރިވެރިންނަށް އަރުވާފައެވެ. މީގެ އިތުރުންވެސް ވިޔަފާރިވެރިންނަށް ދިމާވާ އެކި ގޮންޖެހުންތަކަށް ހައްލު ހޯއްދައިވައި ދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޢަބްދުއްޝަކޫރަކީ މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚްލާޞްތެރިއެއް: ރައީސް 2026 މާރިޗު 24
މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ ޤާނޫނެއް ހަދަނީ2026 މާރިޗު 23
އަސާސީ ކާބޯތަކެތި ލިބުމުގައި ކަންބޮޑުވުމެއް ނެތް، އަގު ވެސް މައްޗަށް ނުދާނެ: ރައީސް2026 މާރިޗު 23
ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް އެބަކުރަން: ރައީސް2026 މާރިޗު 23