
ފުވައްމުލަކު ސިޓީގައި ސީޓީ ސްކޭންގެ ޚިދުމަތާއި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި
ޒައުޖަތު އަޙުމަދުފުވައްމުލަކު ސިޓީގައި ސީޓީ ސްކޭންގެ ޚިދުމަތާއި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
މި ދެ ޚިދުމަތް ވެސް ފުވައްމުލަކުގައި ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ފުވައްމުލަކު ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރުއެވެ.
ފުވައްމުލަކު ސިޓީގައި މި ދެ ޚިދުމަތް ވެސް ފަށްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން މިއަދު އެ ސިޓީގައި ވަނީ ބޮޑެތި ގިނަ މަޝްރޫޢު ތަކެއް ފަށްޓަވައިފައެވެ. އޭގެތެރޭގައި ވޭސްޓް މެނޭޖުމެންޓް ސެންޓަރުގެ ޢަމަލީ މަސައްކަތް ފެށުމާއި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 5 ފަންގިފިލާގެ އައު އިމާރާތުގެ ބިންގާއެޅުމާއި 400 ހައުސިން ޔުނިޓްގެ ބިންގާ އެޅުމާއި ފުލުހުންގެ އެކޮމަޑޭޝަން ބްލޮކްގެ ބިންގާއެޅުންފަދަ މަޝްރޫޢުތައް ހިމެނެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މިރޭ ފުވައްމުލަކު ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރައްވާނެއެވެ.
ފުވައްމުލަކު ސިޓީއަށާއި އައްޑުއަށް ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި 2 ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު މާދަމާ ވަޑައިގަންނަވާނީ އަޢްޑޫ ސިޓީއަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޑރ. ޒާހިރު ޙުސައިންގެ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައިފި2026 ފެބްރުއަރީ 01
790 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ބިންގާ އަޅައިފި2026 ޖެނުއަރީ 29
ޕީއެންސީގެ ޒުވާނުންގެ ގޮފި އުފައްދާ އިއުލާންލާނު ކުރިތާ 1 ދުވަސް ތެރޭ މަސައްކަތް ފަށާފި، ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފި 2026 ޖެނުއަރީ 29
ރޯދަ ހަދިޔާއަށް ބޮޑު ތަރުހީބެއް، 12 ހާހަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި!2026 ޖެނުއަރީ 27