
ކުޑަ ކުޑަ ކޭޕް ވާޑޭ ވޯލްޑް ކަޕަށް!
އާބާދީގައި 500،000 އެއްހާ މީހުން ދިރިއުޅޭ ކޭޕް ވާޑޭ، ފުރަތަމަ ފަހަރަށް ދުނިޔޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެއްޖެ އެވެ.
ކޭޕް ވާޑޭ ވަނީ ރޭ ކުޅުނު އެފްރިކާ ކޮލިފައިންގެ ގުރޫޕް ޑީގެ ފަހު މެޗުގައި 3-0 އިން އެސްވަޓިނީ ބަލިކޮށް 10 މެޗުން 23 ޕޮއިންޓް ހަމަކޮށްފަ އެވެ. ގުރޫޕްގެ ދެވަނައިގައި ކެމަރޫން ނިންމާލީ 19 ޕޮއިންޓާ އެކު އެވެ. ކެމަރޫންގެ ފަހު މެޗު ރޭ އެންގޯލާއާ ދެކޮޅަށް ކުޅެ ނިމުނީ 0-0 އިންނެވެ.
ކޭޕް ވާޑޭ ވެފައި ވަނީ، ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ގައުމުތަކުގެ ތެރެއިން އާބާދީގެ ގޮތުން ދެވަނައަށް އެންމެ ކުޑަ އާބާދީ އޮންނަ ގައުމަށެވެ. ވޯލްޑް ކަޕް ކުޅުނު އެންމެ ކުޑަ އާބާދީއެއް އޮތް ގައުމަކީ 2018 ވަނަ އަހަރުގެ މުބާރާތުގައި އަލަށް ކުޅުނު އައިސްލެންޑެވެ. އޭރު އައިސްލެންޑްގެ އާބާދީއަކީ ގާތްގަނޑަކަށް 300،000 އެއްހާ ރައްޔިތުންނެވެ.
ކޭޕް ވާޑޭ އަކީ އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕުން ޑައިރެކްޓް ސްލޮޓް ލިބޭ އެފްރިކާ ބައްރަށް ނިސްބަތްވާ ނުވަ ގައުމުގެ ތެރެއިން ހަވަނަ ގައުމެވެ. ކޭޕް ވާޑޭގެ އިތުރުން މިހާތަނަށް އެފްރިކާ ބައްރުގެ ކޮލިފިކޭޝަނުން ޖާގަ ޔަގީން ކޮށްފައިވަނީ މޮރޮކޯ، ޓިއުނީޝިއާ، މިސްރު، އަލްޖީރިއާ، އަދި ގާނާ އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most