logo
logo
މެސީ އާއި ރޮނާލްޑޯއާއި އެކީ އެންމެ ގިނަ ހެޓްރިކް ޖެހި ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ

މެސީ އާއި ރޮނާލްޑޯއާއި އެކީ އެންމެ ގިނަ ހެޓްރިކް ޖެހި ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ

2025 އޮކްޓޯބަރު 13
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ދުނިޔޭގެ އެންމެ ގިނަ ހެޓްރިކް ޖެހި ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގަައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއާ އަލީ އަޝްފާގް ހިމެނިއްޖެއެވެ.

އަޝްފާގް ހިމެނިފައިވަނީ ދުނިޔޭގެ ފުޓުބޯޅާގައި އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިންކަމަށްވާ މެސީ އާއި ރޮނާލްޑޯގެ ފަހަރުން 3 ވަނާގައެވެ. ރާއްޖެފަދަ ކުޑަ ގަައުމެއްގެ ކުޅުންތެރިއަކަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނާ އެއް ހަމައެއްގައި ހިމެނުމަކީ މި ކުޑަ ދިވެހި ރާއްޖެއަށް ލިބިގެންދާނެ ރީތި ނަމެކެވެ.

އެކާސްވީސް ވަނަ ގަރުނުގައި ދުނިޔޭގެ އެންމެ ގިނަ ހެޓްރިކް ޖެހި ކުޅުންތެރިންނަށް ބަލާއިރު އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް 66 ހެޓްރިކް ޖަހާފައެވެ. ރޮނާލްޑޯގެ ފަހަތުން 59 ހެޓްރިކާއެކު މި ލިސްޓުގެ ދެ ވަނާގައި އޮތީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއެވެ.

ރޮނާލްޑޯއާއި މެސީގެ ފަހަތުން މި ލިސްޓުގެ ތިންވަނަ ހޯދާފައި ވަނީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިއާ އަލީއަޝްފާގް އެވެ. އަޝްފާގް ވަނީ ޖުމުލަ 35 ހެޓްރިކް ކާމިޔާބު ކޮށްފައެވެ.

އަޝްފާގްވަނީ އޭނަގެ ކެރިއަރުގައި 13 ކްލަބަކަށް ކުޅެފައެވެ. އޭގެތެރޭގައި މެލޭޝިއާގެ ދެ ކުލަބަކަށްވެސް އޭނަވަނީ ކުޅެފައެވެ. މީގެ އިތުރުން އަޝްފާގަކީ ގައުމީ ޓިމުގަވެސް މޮޅުކުޅުމެއް ދެއްކި ކުޅުންތެރިއެވެ. އެގޮތުން އޭޝިއާ ރީޖަންގަައި އަޝްފާގަކީ މަޝްހޫރު ކުޅުންތެރިއެކެވެ. އަޝްފާގުވަނީ ގައުމީ ޓީމަށް ކުޅުނު 95 މެޗެއްގައި 58 ގޯލު ޖަހާފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most