logo
logo
ފެކްޓްޗެކް: ޝަމީމު ޕީޖީއަކަށް ހުރެ ފައިސާ ހުށަހަޅާ ފަރާތުން އެދޭ ގޮތަށް މައްސަލަތައް ނިންމުމަށް ނުފޫޒުފޯރުވާފައިވޭ

ފެކްޓްޗެކް: ޝަމީމު ޕީޖީއަކަށް ހުރެ ފައިސާ ހުށަހަޅާ ފަރާތުން އެދޭ ގޮތަށް މައްސަލަތައް ނިންމުމަށް ނުފޫޒުފޯރުވާފައިވޭ

2024 އޯގަސްޓު 23
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ހަތަރު އަހަރުގެ ހިދުމަތަށް ފަހު ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް އެ އޮފީހުން ނުކުމެވަޑައިގެންނެވީ 22 އޮގަސްޓް 2024 ވަނަ ދުވަހުއެވެ. ޝަމީމް އެ އޮފީހުން ނިކުމެވަޑައިގަތީ ވެސް ވަރަށް އިއްޒަތުގައި ރަތްދޫލާއިގައެވެ. ދެފަރާތުގައި އެއޮފީހުގެ މުވައްޒަފުންތިބީ އަތްޖައްސަވާށެވެ.

ޕީޖީ އޮފީހަކީ އާދަޔާ ޚިލާފަށް ހާމަކަން ބޮޑު ގޮތެއްގައި، ދެ ފުށްފެންނަ ގޮތެއްގައި ހިނގަމުން ދިޔަ އޮފީހެއް ކަމުގައި ޝަމީމް އޭނާ އެންމެ ފަހުން މީޑިއާ އާއި ބައްދަލުކުރެއްވި ދުވަހު ވަނީ ވިދާޅުވެފައެވެ.

އުފެދޭ ސުވާލަކީ ޕީޖީ އޮފީސް ނިމިދިޔަ 5 އަހަރު ހިނގާފައިވަނީ ޝަމީމް އެވިދާޅުވާފަދަ ދެފުށް ފެންނަ ގޮތަކަށް ތޯއެވެ.އެއީ އެހާ ހާމަކަން ބޮޑު އޮފީހެއް ތޯއެވެ. އިހުޒަމާނު މީހުން ބުނެއުޅެއެވެ. ކެޔޮކޭވަރު އިނގޭނީ ބިތުފަންގި ނެގީމައެވެ. މިހެން ބުނެއުޅޭނީ މަގާމެއްގައި ހުންނެވި ބޭފުޅަކުން ނުގަވާއިދުން މަންފާތައް ހޯއްދަވާފައި ނުވަތަ ނުގަވާއިދުން ކަންކަން ކުރައްވާފައި ހުންނެވި ވަރެއް އެނގޭނީ އެބޭފުޅަކު އެމަގާމުން ވަކިވެވަޑައިގަތުމުންނެވެ. ޝަމީމުގެ ކަންކަން ވެސް މިހުރީ މިފަދަ ގޮތަކަށޭ ބުނެވިދާނެއެވެ.

"ދުވެލި އޮންލައިން" އަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާގޮތުން ޕީޖީ އޮފީސްތެރޭގައި ނިމިދޔަ 5 އަހަރު އެތައް ޖަރީމާއެއް ވަނީ ހިންގާފައެވެ. އަޅުގަނޑުމެން ނޫސްވެރިންގެ ޒިންމާއަކީ މިކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އެހެންކަމުން އެކަމަށް އަވަސްވެގަންނާނަމެވެ. ދުވެލި އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުން ޙުސައިން ޝަމީމު، ޕްރޮސެކިއުޓަރ ޖެނެރަލްކަމުގެ މަގާމުގައި ހުރިއިރު، ބައެއް މައްސަލަތަކުގައި ފައިސާ ހުށަހެޅުމުން، ފައިސާ ހުށަހަޅާ ފަރާތުން އެދޭ ގޮތަށް ނިންމާދިނުމަށް ޝަމީމު އެއްބަސްވެފައި އެބަހުރިކަން އެނގެން އެބަހުއްޓެވެ. އެގޮތުން، ކ. މާލެ / ގ.ތަލްވާރޭ ޢަބްދުލް މަޖީދު، އޭނާގެ ދަރި ޢަބްދުﷲ އަޒާން މަޖީދުގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދަޢުވާ އަކުން، ޢަބްދުﷲ އަޒާމް މަޖީދު ސަލާމަތް ކޮށްދިނުމަށް ޙުސައިން ޝަމީމު އާ މަޝްވަރާ ކޮށްފައިވާ ކަމަށާއި، އަދި ޙުސައިން ޝަމީމު، އެ މައްސަލަ ޢަބްދުﷲ އަޒާން މަޖީދު ސަލާމަތްވާނެ ގޮތަށް ނިންމާދިނުމަށް ގިނަ ޢަދަދެއްގެ ފައިސާ އަށް އެދިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި، ޢަބްދުލް މަޖީދު، ޙުސައިން ޝަމީމު އެދިފައިވާ ފައިސާގެ ޢަދަދު ގިނަ ކަމުން، އެ ވަގުތު އެ ހުށަހެޅުމަށް ގޮތެއް ނިންމާފައިނުވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ޙުސައިން ޝަމީމް، ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެގޮތުން، ބަލަމުންދިޔަ މައްސަލައެއްގައި) އައި.އޯ އަށް އެކިކަންކަން ހުށަހަޅައި މައްސަލަ ފައިލު ކުރުމަށް އެދިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް، އައި.އޯ އިން ޙުސައިން ޝަމީމު އެދިފައިވާ ގޮތަށް ޢަމަލުނުކޮށް، އެ މައްސަލަ ފުލުހުންގެ އިސްވެރިންނާ ޙިއްސާކޮށްފައިވާ ކަމަށާއި، އަދި އެ ފަރާތްތަކުން އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އާ ހަމައަށް ވެސް އެ މައްސަލަ ގެންގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭ.ސީ.ސީ) "އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް"ގެ ޒިޔާދު ބާޤިރު ހިމެނޭ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުންދިޔަ އިރު، ޒިޔާދު ބާޤިރު، ޙުސައިން ޝަމީމު މެދުވެރިކޮށް، އެ މައްސަލަ އެ.ސީ.ސީ އިން ކުރިއަށް ނުގެންދެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި، ޙުސައިން ޝަމީމު، ޢާއްމުގޮތެއްގައި އޭ.ސީ.ސީ އިން ތަހުގީގުކޮށް ދަޢުވާ ކުރުމަށް ފޮނުވާ ލިޔެކިޔުންތަކުގައި މައްސަލަ ހުންނަ ކަން ފާހަގަކޮށް، އެ މައްސަލަ އިން ޒިޔާދު ބާޤިރު ސަލާމަތްކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށާއި، އެސް.ޖޭ ކުންފުނީގެ މައްސަލަތަކުގައި ހުރިހާ ކަމަކަށް ވެސް ޙުސައިން ޝަމީމު ނުފޫޒު ފޯރުވަމުންދާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މީގެއިތުރުން، ބައެއް ފަރާތްތަކުން، ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ މައްޗަށް ދަޢުލަތުން ކުރި ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ މައްސަލަ އަދި ކުރީގެ ޔޫތު މިނިސްޓަރ އަޙުމަދު މަޚްލޫފުގެ މައްޗަށް އުފުލާފައިވާ އެމް.އެމް.ޕީ.އާރް.ސީގެ މައްސަލަ އަށް ޙުސައިން ޝަމީމު، ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އެގޮތުން، މިނިސްޓަރ މަޚްލޫފުގެ މައްސަލަ ދަޢުވާ ކުރަން ކޯޓަށް ފޮނުވުން ލަސްކުރުމާއި، މިނިސްޓަރ ޢަލީ ވަޙީދުގެ މައްސަލަ ނުނިމެނީސް ރާއްޖެއިން ބޭރަށް ފުރުމަށް ކޯޓުން ހުއްދަ ދިނުމުގައި، އޭރުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ނުފޫޒު ފޯރުވާފައިވާ ކަމަށް، ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

"ދުވެލި އޮންލައިން" އަށް ލިބިފައިވާ މައުލޫމާތްތަކަށް ބަލާއިރު ނިމިދިޔަ 4 އަހަރު ޝަމީމް ޕީޖީ އޮފީސް ހިންގަވާފައިވަނީ އެމަނިކުފާނު އެވިދާޅުވާފަދަ ހާމަކަންބޮޑު ދެފުށްފެންނަ ގޮތަކަށް ނޫނެވެ. އެމަނިކުފާނު ވިދާޅުވި 5 ސްޓާ ފެންވަރަކު ނޫނެވެ. ފައިސާ ހުށައަޅާ ފަރާތްތައް ބޭނުންވާ ގޮތަށް މައްސަލަތައް ކުރިޔަށް ގެންދިއުމަށް ވަނީ މަސައްކަތް ކޮށްފައެވެ. އެތައް މައްސަލައަކަށް ވަނީ ނުފޫޒު ފޯރުވާފައެވެ. މަޝްހޫރު ލަވަކިުންތެރިޔާ ޕެސްޓް ބުނިހެން މިއީ އަދި ކޯރެއްގެ ކޯވަރެކެވެ. ޝަމީމް އާއި ގުޅޭ އެތައް މައްސަލައެއް އަދި މުވައްޒަފުންގެ އެތައް ޝަކުވާއެއް އެބަހުއްޓެވެ. އެވާހަކަތައްވެސް ދުވެހި އޮންލައިންއިން ގެނެސްދެމުން ގެންދާނަމެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް