logologologologo
STO
ޚަބަރު

އެމެރިކާގައި އުފައްދާ ބުއިމެއް ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާކޮށްފި!

އެމެރިކާގައި އުފައްދާ ބުއިމެއް ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާކޮށްފި!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 އޯގަސްޓު 26

"ޑރ ޕެޕާ" ނަމަކަށް ކިޔާ ސޮފްޓް ޑްރިންކް ނުވަތަ ލުއި ބުއިމެއް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމާއި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން އެދިއްޖެއެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި އުފައްދާފައިވާ ބުއިމެއް ކަމަށްވާ "ޑރ ޕެޕާ" ސޮފްޓް ޑްރިންކް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އެންގީ އޭގައި ހުންނަންޖެހޭ މިންވަރަށް ވުރެ "ބެންޒޮއިކް އެސިޑް" އިތުރުވުމުގެ ސަބަބުންކަމަށެވެ.

އެހެންކަމުން މި އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށާއި އަދި ނައްތާލުމަށް އެމްއެފްޑީއޭއިންވަނީ އަންގާފައެވެ.

 

View post on Twitter


އެމްއެފްޑީއޭއިން ބުނީ މި އުފެއްދުން ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މަޢުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް މެދުވެރިކޮށް އެއޮތޯރިޓީއާ ހިއްސާކޮށްފައިވާކަމަށެވެ.

އެހެންކަމުން އެމްއެފްޑީއޭއިންވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއުފެއްދުން ދިވެހިރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުންނުކުރުމަށް އިލްތިމާސްކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް