logologologologo
STO
ޚަބަރު

ހައިކޯޓުގެ ފަނޑިޔާރަކަށް ޢަބްދުﷲ ޖަމީލު މޫސާ ޢައްޔަންކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރަކަށް ޢަބްދުﷲ ޖަމީލު މޫސާ ޢައްޔަންކުރައްވައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2025 އޯގަސްޓު 03

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ މިރޭ އައްޔަންކޮށްފި އެވެ.

އެ ކޯޓުގެ ފަނޑިޔާރުކަމުގެ ލިޔުން ޖަމީލްއާ ހަވާލު ކޮށްދެއްވީ ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމް އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢަބްދުﷲ ޖަމީލު ޢައްޔަންކުރައްވާފައިވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ މެންބަރުންގެ އަޤުލަބިއްޔަތުންނެވެ.

އަލްއުސްތާޛު ޢަބްދުﷲ ޖަމީލު މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޢަބްދުﷲ ޖަމީލް، ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވިއެވެ. ޖަމީލް އެންމެ ފަހުން ހުންނެވީ ސިވިލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައެވެ. ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމަށް ފަހު، ޢަބްދުﷲ ޖަމީލް ވަނީ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް