ޚަބަރު
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

މުހައްމަދު ރިފާއު2025 ޖުލައި 10
ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތި ލުމަށް މިއަދު ހުޅުވާލައިފި އެވެ.
ހައި ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދާދިފަހުން އައްޔަން ކުރެއްވުމުންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހައިކޯޓުގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު 64،000ރ. ލިބޭނެ އެވެ.
ހައިކޯޓުގައި ޖުމްލަ 11 ފަނޑިޔާރުން ތިބޭއިރު މިވަގުތު އެކޯޓުގައި ތިބީ ނުވަ ފަނޑިޔާރުންނެވެ.

.gif.gif&w=828&q=100)

