logo
logo
80،000 މީހުންގެ ކުރިމަތީގައި ފުރަތަމަ ފަހަރަށް އެމްބާޕޭ ރެއާލްގެ ކުޅުންތެރިއެއްގެ ގޮތަށް ފެނިލައިފި

80،000 މީހުންގެ ކުރިމަތީގައި ފުރަތަމަ ފަހަރަށް އެމްބާޕޭ ރެއާލްގެ ކުޅުންތެރިއެއްގެ ގޮތަށް ފެނިލައިފި

2024 ޖުލައި 16
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ތައާރަފު ކުރުމުގެ ހަފުލާ އަށް 80،000 މީހުން ދަނޑަށް ވައްދައި، ރެއާލުން މިލިއަން ޑޮލަރުގެ ފައިދާއެއް ހޯދައިފި އެވެ.

އެމްބާޕޭ ރެއާލްއަށް ގުޅި ފުރަތަމަ ފަހަރަށް އޭނާ މެޑްރިޑް ކުޅުންތެރިޔެއްގެ ގޮތަށް ދައްކާލުމަށް ބޭއްވި ހަފްލާގެ ޓިކެޓްގަތިމަށް އެއްލައްކައަށްވުރެ ގިނަ މީހުން ވަނީ ހުށައަޅާފައެވެ. އެހެންނަމަވރެސް ރެއާލުން ވިއްކާފައިވަނީ އެންމެ 80،000 ޓިކެޓެވެ. ރެއާލުން ޓިކެޓްތައް ވިއްކާފައިވަނީ 30 ޔޫރޯ އާއި 200 ޔޫރޯއާ ދެމެދުގެ އަގަކަށެވެ. އެންމެ ދަށް އަގު 30 ޔޫރޯ އަށް ޓިކެޓް ވިއްކިއަސް، ރެއާލަށް 2.4 މިލިއަން ޔޫރޯގެ އާމްދަނީއެއް ލިބޭނެ އެވެ.

އެމްބާޕޭ ރެއާލަށް ބަދަލުވިކަން އިއުލާން ކުރުމާ އެކު އެ ކަމަށް ރެއާލްގެ ކުޅުންތެރިން ވަނީ މަރުހަބާ ކިޔައިފަ އެވެ. މީގެ އިތުރުން ރެއާލުގެ ލެޖެންޑުން ވެސް ވަނީ އެމްބާޕޭ އަށް މަރުހަބާ ކިޔައިފަ އެވެ.

ރެއާލްގެ ލެޖެންޑް އަދި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރޮނާލްޑޯ ވެސް ވަނީ އެމްބާޕޭ އަށް މަރުހަބާ ކިޔާފަ އެވެ. ރޮނާލްޑޯ ބުނީ އެމްބާޕޭގެ ކުޅުން ބަލާލަން ކެތްމަދުވެފައި ހުރި ކަމަށެވެ. އަދި ކާމިޔާބީ އަށް އެދޭކަމަށް ވަނީ ބުނެފަ އެވެ.

އެމްބާޕޭ ރެއާލްގައި ކުޅޭނީ 9 ނަންބަރު ޖާރޒީގައެވެ. ރޮނާލްޑޯވެސް އެނާގެ ފުރަތަމަ ރެއާލް މެޑްރިޑް ސީޒން ކުޅެފައިވަނީ 9 ނަންބަރު ޖާރޒީގައެވެ. އެމްބާޕޭ ތައާރފުވުމަށް ބޭއްވި ހަފްލާ އާއި ރޮނާލްޑޯ 2009 ވަނަ އަހަރު ރެއާލާ ގުޅިގެން ބޭއްވި ހަފްލާ އާއި ދާދި އެއްގޮތެވެ. އެމްބާޕޭ ކަންކަން ކޮށްފައިވަނީ ވެސް ރޮނާލްޑޯ ކަންތައް ކުރި ގޮތަށްކަން ފާހަގަކޮށްލެވެއެވެ. ރޮނާލްޑޯ އެ ހަފްލާގައި ގެންގުޅުނު "މޫވްމެންޓްތައް" އަދި ދެއްކި ވާހަކަތަށް އެމްބާޕޭ ވެސް ދެއްކިކަން ފާހަގަކޮށްލެވެއެވެ.

މެޑްރިޑުގައި އެމްބާޕޭ އަށް މުސާރައެއްގެ ގޮތުގައި އަހަރަކު 15 މިލިއަން ޔޫރޯ ލިބޭނެ އެވެ. އަދި ސައިނިން ބޯނަހެއްގެ ގޮތުގައި 100 މިލިއަން ޔޫރޯއަށް ވުރެ ބޮޑު އަގެއް ހުށަހަޅާފައިވެ އެވެ.

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވެސް ވަނީ މިއަދަކީ ކުލަބަށް ތާރީހީ ދުވަހެއް ކަމަށް ބުނެ ސަޕޯޓަރުންނާ މުހާތަބު ކޮށްފަ އެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް