logologologologo
STO
ޚަބަރު

މި އަހަރުގެ 3 ވަނަ ބޭސިކް މެރިކަލްޗަރ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

މި އަހަރުގެ  3 ވަނަ ބޭސިކް މެރިކަލްޗަރ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 22

މި އަހަރުގެ 3 ވަނަ ބޭސިކް މެރިކަލްޗަރ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ކުރިއަށް ގެންދާ މި ކޯހަކީ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެދަށުން ކުރިއަށް ގެންދާ ކޯހެކެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމްއެވެ.

މި ކޯސް ހިންގާފައި ވަނީ ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައެވެ.

 

View post on Twitter

 

މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ މި ހިނގާ އޮކްޓޯބަރ 10 އިން 22 އަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 15 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ.

ވޯލްޑް ބޭންކުގެ އެހީގައި، މަސްވެރިކަމާބެހޭ ވުޒާރާއިން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން، ކުރިއަށްގެންދިޔަ މި ކޯހުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި މެރިކަލްޗަރގެ ސިނާޢަތެއް ޤާއިމުކޮށް ފުޅާކުރުމަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުން ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most