logologologologo
STO
ޚަބަރު

ވިލިމާލެ ހޮސްޕިޓަލް ވަގުތީ ގޮތުން އަމާން ހިޔާއަށް ބަދަލުކޮށްފި

ވިލިމާލެ ހޮސްޕިޓަލް ވަގުތީ ގޮތުން އަމާން ހިޔާއަށް ބަދަލުކޮށްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 22

ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން ހުސް ކުރަން ޖެހޭތީ، ހޮސްޕިޓަލްގެ ހިދުމަތްތައް ވަގުތީ ގޮތުން އެ އަވަށުގައި ހުންނަ އަމާން ހިޔާއަށް ބަދަލުކޮށްފިއެވެ.

ވިލިމާލެ ހޮސްޕިޓަލް ވަގުތީ ގޮތުން އަމާން ހިޔާ އިމާރާތަށް ބަދަލުކުރީ ވިލިމާލޭގައި އާ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ބިން ހުސް ކުރުމަށެވެ. އެ ހޮސްޕިޓަލަކީ ޗައިނާގެ ހިލޭ އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެ ހޮސްޕިޓަލުގެ ނަމަކީ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"އެވެ. އަދި އެ ހޮސްޕިޓަލް އިމާރާތްކުރުމަށްޓަކައި ލެޓާ އޮފް އެކްސްޗޭންޖުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ވިލިމާލޭގައި ހެދުމަށް ހަމަޖެހިފައިވަނީ 112 އެނދުގެ ޖެނެރަލް ހޮސްޕިޓަލެކެވެ.

އަންނަ އަހަރު ނިންމުމަށް ކަނޑައަޅާފައިވާ ވިލިމާލޭގެ އާ ހޮސްޕިޓަލް ތަރައްގީ ކުރެވިގެންދާނީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް އެންމެ އެކަށީގެންވާ ގޮތުގައި ލިބިގެންދާ ގޮތަށް ކަމުގައި ސިއްހަތާ ބެހޭ ވުޒާރާއިން މީގެކުރިން ވިދާޅުވެފައެވެ. އަދި ހޮސްޕިޓަލް ތަރައްގީ ކުރެވިގެންދާނީ ތިމާވެއްޓާ ވެސް ރައްޓެހި ގޮތަކަށް ކަމަށް ވިދާޅުވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most