ދެ އަނބިން ހޯދަން މަޖުބޫރެއް ނުކުރަން، ފަތުރަނީ ދޮގު ޚަބަރެއް: އޮމާން ސަރުކާރު

އާބާދީ އިތުރުކުރުމަށްޓަކައި އެ ގައުމުގެ ފިރިހެނުންނަށް އެއް އަނތްބަށް ވުރެ ގިނަ އަނބިން ހޯދުން މަޖުބޫރުކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކަކީ ހަގީގަތެއް ނެތް ދޮގު ޚަބަރުތަކެއް ކަމަށް އޮމާނުގެ މިނިސްޓްރީ އޮފް އެންޑޯމެންޓްސް އެންޑް ރިލިޖަސް އެފެއާޒުން ހާމަކޮށްފިއެވެ.
އާބާދީ އިތުރު ކުރުމަށްޓަކައި މަދުވެގެން ދެ އަނބިން ގެންގުޅެން ފިރިހެނުންގެ މައްޗަށް ލާޒިމުކޮށް ރިލިޖަސް އެފެއާޒުން އަމުރެއް ނެރެފިކަމަށް ސޯޝިއަލް މީޑިޔާގައި ވަނީ ހަބަރުތަކެއް އިއްޔަގެ ވަގުތެއްގައި ވަނީ ފަތުރާލާފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ މި ދޮގު ޕޯސްޓުގައި ބުނެފައިވަނީ، އާބާދީ އިތުރުވާ މިންވަރު ދަށްވުމުގެ ސަބަބުން ކޮންމެ ފިރިހެނަކު މަދުވެގެން ދެ އަންހެނުންނާ ކައިވެނިކުރުމަށް ރިލިޖަސް އެފެއާޒް މިނިސްޓްރީން ނިންމާފައިވާ ކަމަށާއި، އަދި އެފަދަ ފަރާތްތަކަށް ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ފިރިމީހާ އިތުރު ކައިވެންޏެއް ކުރުމަށް ހުރަސްއަޅާ އަންހެނުންނަށް، އެ މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ވިމެން ޕްރީޗިންގ އެންޑް ގައިޑެންސް މެދުވެރިކޮށް އަދަބު ކަނޑައަޅާނެ ކަމަށް ވެސް އިއްޔެ ފެތުރި ދޮގު ޕޯސްޓުގައި ބުނެފައިވެއެވެ.
ސޯޝިއަލް މީޑިޔާގައި ފެތުރުނު މި ޚަބަރުތައް ދޮގުކޮށް އޮމާނުގެ މިނިސްޓްރީ އޮފް އެންޑޯމެންޓްސް އެންޑް ރިލިޖަސް އެފެއާޒުން ނެރުނު ބަޔާނުގައި ބުނީ ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން މައްސަލަ ތަހްޤީގުކޮށް ދޮގު ޚަބަރު ފެތުރި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

.gif.gif&w=828&q=100)