logologologologo
STO
ކުޅިވަރު

އޭއެފްސީން ނޭޝަންސް ލީގެއް ފަށަނީ

އޭއެފްސީން  ނޭޝަންސް ލީގެއް ފަށަނީ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 06

އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) އިން އަލަށް ތައާރަފްކުރަން ނިންމާފައިވާ ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތް، 2030 ވަނަ އަހަރު ފަށާއިރު، ޕްލޭނުގެ ތެެރެއިން އެ މުބާރާތާއި ފީފާ ވޯލްޑް ކަޕް އޭޝިއާގެ ކޮލިފައިން އާއި އޭޝިއަން ކަޕްގެ ކޮލިފައިން ގުޅިގެން ކުރިއަށްގެންދަން އޭއެފްސީން ރާވައިފި އެވެ. 

އޭއެފްސީން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ނޭޝަންސް ލީގެއް މުޅިން އަލަށް، 2030 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބޭއްވުމަށް ނިންމައި، އެކަން އިއުލާނުކޮށްފަ އެވެ. އޭގެ ފުރަތަމަ މުބާރާތް، 2030-31 ގައި  ބޭއްވުމުގެ ކުރިން، އެ ފޯމެޓަށް ކަންކަން ތަރުތީބުކުރަން ގިނަ ކަންތައްތަކެއް އޭއެފްސީން ކުރިއަށްގެންދާނެ އެވެ. 

އެ ގޮތުން، ހުށަހެޅިފައިވާ ޕްރޮޕޯސަލްގައި، 47 މެމްބަރު ގައުމު ހިމެނޭ، އޭޝިއާގެ ފުޓްބޯޅައިގެ ގައުމުތައް ބެހިގެންދާނީ ތިން  ފަންތި އަކަށެވެ. އެއީ، ފުރަތަމަ އަދި، ދެ ވަނަ ފަންތީގެ ކެޓަގަރީގައި 18 ގައުމު ހިމެނެ އެވެ. ތިން ވަނަ ފަންތީގައި 11 ގައުމު ތިން ގްރޫޕަކަށް ބެހިގެންދާނެ އެވެ. ރޭންކް ކުރެވިގެންދާއިރު، ފުރަތަމަ ފަންތީގެ ގަދަ 6 ޓީމަށް ވޯލްޑް ކަޕުން ސީދާ ޖާގަ ލިބޭނެ އެވެ.

ވޯލްޑް ކަޕާ ގުޅުވައިގެން ބާއްވާ ފުރަތަމަ ނޭޝަންސް ލީގު ކުރިއަށްދާނީ 2032-33 ގަ އެވެ. ގިނަ މެޗުތުަކެއް ކުޅެލަން ލިބޭ މި މުބާރާތުގައި ކޮންމެ ގައުމަކުން އަމިއްލަ ދަނޑުގައި އަދި ރަށުން ބޭރުގައި ވެސް ހަ މެޗު ކުޅެން ލިބެ އެވެ. 

ފުރަތަމަ ފަންތީގެ ހަތް ވަނަ މަގާމުން ފެށިފެން 10 ވަނަ މަގާމުގެ ނިޔަލަށް ހިމެނޭ ހަތަރު ޓީމުގެ ދެމެދު ކުޅޭ ރައުންޑް ރޮބިން ޕްލޭއޮފް މަރުހަލާއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ދެ ޓީމަށް ވޯލްޑް ކަޕްގެ ފަހު ދެ ޖާގަ ލިބޭނެ އެވެ. އެ މަރުހަލާގެ ތިން ވަނަ އަށް ދާ ޓީމު ދާނީ ވޯލްޑް ކަޕް ކޮލިފައިންގެ އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފް އަށެވެ. ނޭޝަން ލީގުގެ 2030 ގެ މުބާރާތުގެ ފުރަތަމަ ފަންތީގެ ހުރިހާ ގައުމުތަކުގެ އިތުރުން، ދެ ވަނަ ފަންތީގެ އެންމެ ކުރީގައި ނިންމާ ހަ ގައުމަށް އޭޝިއަން ކަޕުން ސީދާ ޖާގަ ލިބޭނެ އެވެ.

އޭއެފްސީން ނޭޝަންސް ލީގެއް ފަށަން ނިންމި މައިގަނޑު ސަބަބަކީ، 2018 ވަަނަ އަހަރު ޔޫރަޕްގެ މައި ފުޓްބޯޅަ އިދާެރާއިން ފެށި ޔުއެފާ ނޭޝަންސް ލީގުގެ ކާމިޔާބާ އެކުގަ އެވެ. ޔުއެފާ އިން ނޭޝަންސް ލީގު ފެށީ މާނައެއް ނެތް، ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކެއް ކުޅުމުގެ ބަދަލުގައި، ކުރިއެރުން ވަޒަންކުރެވޭ ގޮތަށް އެއް ލެވަލެއްގެ ގައުމުތައް ކުޅެ ކުރިއަށްދިއުމާއި ފަހަތަށް ދިއުން މިނެކިރުމަށްޓަކައި، ޕްރޮމޯޝަންސް އާއި ރެލިގޭޝަން ހިމަނައިގެން ރޭވުމަށެވެ. 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most