logologologologo
STO
ޚަބަރު

ސްޓޭޓްފާމަ އުފެއްދުމަކީ ރައީސް ނެންގެވި ވަރަށް "ބޯލްޑް" ސްޓެޕެއް، ދާއިމީ ހައްލެއް ހޯދައިދޭނަން: ޑރ.ޝާހު މާހިރު

ސްޓޭޓްފާމަ އުފެއްދުމަކީ ރައީސް ނެންގެވި ވަރަށް "ބޯލްޑް" ސްޓެޕެއް، ދާއިމީ ހައްލެއް ހޯދައިދޭނަން: ޑރ.ޝާހު މާހިރު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 20

ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ ދަތިކަން ހައްލުކުރުމަށް ވަކި ހާއްސަ ކުންފުންޏެއް އުފެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެންގެވި ވަރަށް "ބޯލްޑް" ސްޓެޕެއް ކަމަށާއި، ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވާނެކަމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވުމުން، ޑރ. ޝާހު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ މައްސަލަ ހައްލުކުރުމަކީ ކުރިންވެސް ދެކެވޭ އެކަމަކު ރަނގަޅުކުރުމަށް ހުރިހާ ސަރުކާރުންވެސް ފަސްޖެހިފައި އޮތްކަމެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ބޭސް ގަނޑުކޮށް ގަނެ، ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުން ކަމަށެވެ. އަދި، މިކަމަށް ހާއްސަ ކުންފުންޏެއް އުފެއްދެވުމަކީ ރައީސް ނެންގެވި ވަރަށް "ބޯލްޑް" ސްޓެޕެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ވަށައިޖެހޭ ހައްލެއް ހޯދުމަށް އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތް ހިއްސާ ކުރައްވައި ޑރ.ޝާހު ވަނީ ރާއްޖެއަށް ބޭނުންވާ ބޭހުގެ މައުލޫމާތު ކުރިއާލާ ދެނެގަތަމަށް ބޭނުންވާ އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް ސިސްޓަމަކާއި، އީ-ލޮޖިސްޓިކްސް ސިސްޓަމެއް ޤާއިމުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާކަން ފާހަގަކުރައްވައި އޭގެ ސަބަބުން ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި އަދަދު ދެނެގަނެވޭނެކަން ފާހަގަކުރައްވާފައެވެ. .

 

ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންއަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވުޖޫދުކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން، އެސްޓީއޯގެ ދަށުން މީގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި ހުރިހާ ފާމަސީތަކާއި މުވައްޒަފުން މި ހިނގާ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ އެ ކުންފުނީގެ ދަށަށް ރަސްމީކޮށް ބަދަލުކޮށް، މަސައްކަތްތައް ފަށާފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް