logologologologo
STO
ޚަބަރު

އިމާމުކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމުގެ ހުއްދައެއް ތަޢާރަފްކުރަން މަޝްވަރާ ކުރަނީ

އިމާމުކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމުގެ ހުއްދައެއް ތަޢާރަފްކުރަން މަޝްވަރާ ކުރަނީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 22

އިމާމުކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމުގެ ހުއްދައެއް ތަޢާރަފްކުރަން މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިއަދު މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ މިސްކިތްތަކުގައި ވަގުތީ އިމާމުން ތިބޭ މައްސަލަ އަށް ޙައްލު ހޯދުމަށްޓަކައި އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ދާއިރާއަށް ޝައުޤުވެރިވާ ކުދިންނަށް އިތުރަށް ވަޒީފާގެ ފުރުޞަތު ފަހި ކުރުމަށް މަޝްވަރާކުރައްވަމުން ގެންދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ އިމާމުކަމުގެ ކޯހެއް ނުވަތަ އެއާ ގުޅުން ހުރި ކޯހެއް ނެތް ފަރާތްތަކަށް، އެ ވުޒާރާއިން ކަނޑާއަޅާ މިންވަރުގެ މުޤައްރަރެއް ކަނޑައަޅައި ޢާއްމުކޮށް އޭގެ ދަށުން ކޮންމެ އަހަރަކު އިމާމު ކަމާ ގުޅޭ ޢާއްމު އިމްތިޙާނެއް ތަޢާރަފްކޮށް އިމާމްކަންކުރުމުގެ ހުއްދައެއް ތަޢާރަފް ކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކަމާގުޅުން ހުރި އެހެނިހެން އިދާރާތަކާ މަޝްވާރާކުރުމަށް ފަހު، ކުރިއަށް ދާނެ ގޮތް ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުންނާއި ވަގުތީ އިމާމުން ތިބުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް، އިސްލާޟީ ކަންތައްތަކާބެހޭ ވުޒާރާއިން މަސައްކަތްކުރަމުން އަންނަ ކަމަށާ މި މައްސަލަ ރަށްތަކުގައި ދިމާވެފައިވަނީ މިސްކިތްތަކުގެ ޢަދަދު ގިނަވުމާއި އިމާމުންގެ ވަޒީފާ އަދާކުރެވޭ މިންވަރުގެ ފެންވަރު ހުރި މީހުން ބައެއް ރަށްތަކުގައި މަދުކަމުން ކަން ފާހަގަ ވެފައިވާ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި 623 މިސްކިތް ހުރިއިރު، ދާއިމީ އިމާމުންގެ އަދަކީ 569 އެއް ކަމަށާ ދާއިމީ އިމާމުން ހަމަޖެހިފައި ތިބީ 554 މިސްކިތުގައި ކަމަށެވެ.

ވަޒީރު ވިދާޅުވީ ދާއިމީ އިމާމުން ނެތް 69 މިސްކިތް ހުރި ކަމަށާ ދެ އިމާމުން ތިބި މިސްކިތުގެ އަދަދުަކީ 15 ކަމަށެވެ.

ހުކުރު ކުރާނެ ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ވެސް ސަރުކާރުން ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ. މި ޕްރޮގްރާމަކީ އިމާމުންނާއި ޚަޠީބުންގެ ޒުވާން ޖީލެއް އުފެއްދުމުގެ ސިޔާސަތުގެދަށުން މި ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ހުކުރު ކުރާނެ ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ގްރޭޑް 10،11،12 ގައި ތަޢުލީމު ޙާޞިލް ކުރަމުން ދާ ނުވަތަ ސްކޫލު ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވާ ނަމާދުގެ ފިޤުހްގެ ބައިތަކަށް އަހުލުވެރިވެފައިވާ ދަރިވަރުންނަށްކަން ފާހަގަކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most