logologologologo
STO
ދުނިޔެ

ޔޫކޭގެ ބޮޑުވަޒީރު ސްޓާމާ، އިސްތިއުފާ ދޭން ނިންމަވައިފި

ޔޫކޭގެ ބޮޑުވަޒީރު ސްޓާމާ، އިސްތިއުފާ ދޭން ނިންމަވައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 21

އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ މާދަމާ މަގާމުން އިސްތިއުފާ ދެއްވައި، ވެރިކަމުގެ ބާރުތައް ހަވާލުކުރެއްވުމުގެ ތާވަލެއް އިއުލާން ކުރައްވާނެ ކަމަށް ބެލެވޭ ކަމަށް އިނގިރޭސިވިލާތުގެ ހަބަރު ފަތުރާ އޮބްޒާވާ ނޫހުން އިއްޔެ ރިޕޯޓްކޮށްފިއެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުގައި، ކެބިނެޓް މިނިސްޓަރުންނާއި، އެޑްވައިޒަރުންނާއި، ޕާޓީއަށް ފަންޑުކޮށްދޭ ފަރާތްތަކުގެ އިތުރުން ޓްރޭޑް ޔޫނިއަންތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު، ބޮޑުވަޒީރުގެ މަގާމުގައި އިތުރަށް ދެމިހުންނެވޭނެ ފަދަ ސިޔާސީ މާހައުލެއް ނެތް ކަމަށް ސްޓާމާ އަށް މިހާރު ވަނީ ގަބޫލުކުރެއްވިފައެވެ.

އެ ނޫހުން ބުނެފައިވާ ގޮތުގައި، ސްޓާމާ މިހާރު ގެންދަވަނީ އޭނާ ނިސްބަތްވެ ވަޑައިގައިގަންނަވާ ސަރަހައްދު ކަމަށްވާ "ޗެކާސް" ގައި އަނބިކަނބަލުންނާ އެކު މިކަމާ ގުޅޭގޮތުން ފަހުގެ މަޝްވަރާތައް ކުރައްވަމުންނެވެ.

މަގާމުން ވަކިވެވަޑައިގަންނަވާނެ ތާވަލެއް އިއުލާން ކުރެއްވުމަށް ސްޓާމާ އަށް މަޖުބޫރުވެފައި ވަނީ، ލޭބާ ޕާޓީގެ ތެރޭގައި އޭނާއަށް އޮތް ތާއީދު ކުޑަވެ، ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންނާއި ކެބިނެޓުގެ ބައެއް މިނިސްޓަރުން އޭނާ އިސްތިއުފާ ދެއްވުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

ޕާޓީގެ ވާދަވެރި ލީޑަރެއް ކަމަށްވާ އެންޑީ ބާންހަމް، ދާދިފަހުން ބޭއްވި ބައި-އިލެކްޝަނެއް ކާމިޔާބު ކުރެއްވުމުން، ސްޓާމާ އަށް އޮތް ޕްރެޝަރު ވަނީ އިތުރަށް ބޮޑުވެފަ އެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most