logologologologo
STO
ދުނިޔެ

ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިއަކު ކޮރަޕްޝަންގެ މައްސަލައެއްގައި ހައްޔަރުކޮށްފި

ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިއަކު ކޮރަޕްޝަންގެ މައްސަލައެއްގައި ހައްޔަރުކޮށްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 18

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ، ކޮރަޕްޝަނުގެ ތުހުމަތުގައި މިއަދު ހައްޔަރުކޮށްފި ކަމަށާއި މިއީ އެ ގައުމުގައި އެންމެ ބާރުގަދަވި ސިޔާސީ އާއިލާއާ ދެކޮޅަށް ފަށާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ފަހުން ފެށި އެއް މައްސަލަ ކަމަށް އެ ގައުމުގެ އެންޓި-ބްރަައިބެރީ ކޮމިޝަނުން ބުނެފިއެވެ.

އުމުރުން 38 އަހަރުގެ ޔޯޝިތަ ރާޖަޕަކްސަގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ އޭނާގެ ކަނޑުގެ ސިފައިންގެ ތެރޭގައި އުޅުނު އިރު ގައުމުން ބޭރުން ތަމްރީނު ހޯދުމަށް ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށެވެ.

ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ، ޔޯޝިތަގެ މައްސަލަ ބަލަނީ ޝަރުތުތައް ހަމަނުވެ، ނޭވީގެ މަގާމުތަކުގައި ކުރިއެރުން ހޯދާފައިވުމާއި ދައުލަތުގެ ހަރަދުގައި އޮފިސަރުންގެ ތަމްރީނު ހޯދުމަށް އިނގިރޭސިވިލާތަށް ގޮސްފައިވާ މައްސަލައިގައެވެ.

ޔޯޝިތަ ރާޖަޕަކްސަ ވަނީ އިނގިރޭސިވިލާތުގެ ނޭވަލް ކޮލެޖެއް ކަމަށްވާ ޑާޓްމައުތުގެ ކޯހެއް ފުރިހަމަކޮށްފައެވެ.

އޭނާ އެ ކޯސް ފުރިހަމަކުރި ދުވަސްވަރު، އޭނާގެ ބައްޕަ މަހިންދަ ރާޖަޕަކްސަ ހުންނެވީ ރައީސްކަމުގެ މަގާމުގައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ޔޯޝިތަ ޑާޓްމައުތުން ފުރުސަތު ހޯދުމަކީ، އެ ފުރުސަތު ހައްގުވާ އެހެން ނޭވީ ކެޑޭޓެއްގެ ފުރުސަތު ބޭއިންސާފުން އަތުލުން ކަމަށެވެ.

އޭނާއަކީ މަނީ ލޯންޑަރިންގެ ދެ މައްސަލައެއްގައި މީގެ ކުރިން ވެސް ދައުވާ އުފުލި، ގައުމުން ބޭރަށް ދިއުން މަނާކޮށްފައިވާ މީހެކެވެ. އަދި އޭނާ ހައްޔަރުކުރުމާއި ހަމައަށް ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލައިފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most