logologologologo
STO
ދުނިޔެ

ސުއެޒް ކެނަލްއަށް ދާން އޮންނަ މަގު ބަންދު ކުރާނެ ކަމުގެ އިންޒާރު ޔަމަނުން ދީފި

ސުއެޒް ކެނަލްއަށް ދާން އޮންނަ މަގު ބަންދު ކުރާނެ ކަމުގެ އިންޒާރު ޔަމަނުން ދީފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޭޕްރީލު 19

ސެއެޒް ކެނަލްއަށް ދާން އޮންނަ މަގު ބަންދު ކުރާނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫތީން ދީފިއެވެ.

އެ އިންޒާރު ދީފައިވަނީ ޔަމަނުގެ ވެރިރަށް ސަނާގައި އޮންނަ ހޫތީ ސަރުކާރުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު، ހުސެއިން އަލް-އެއްޒީއެވެ. "އެކްސް"ގައި ކުރި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ސުލްހަ ގާއިމު ކުރުމަށް ހުރަސް އަޅަމުން އަންނަ ނަމަ، ޔަމަނުގެ އައްސޭރިފަށުގައި އޮންނަ ބާބް އަލް މަންޑޭބް ކަނޑުއޮޅި ބަންދު ކުރާނެ ކަމަށެވެ.

އެއިންޒާރާއެކު އޭނާ ވަނީ ޓްރަމްޕަށާއި މަޝްރަހު ގޯސްކުރަމުން އަންނަ ހުރިހާ ފަރާތްތަކުން ސުލްހަ ގާއިމު ކުރުމަށް ގޮވާލާފައެވެ.

އެ ކަނޑުއޮޅިއަކީ ޔަމަނާއި، އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ ޖިބޫޓީއާއި ދެމެދު އޮންނަ 32 ކިލޯމީޓަރު (20 މޭލު)ގެ އިންޑިއާ ކަނޑުން ރަތްކަނޑަށް ވަންނަން އޮންނަ، ސުއެޒް ކެނަލްއިން މެޑިޓެރޭނިއަން ކަނޑު ގުޅުވައިދޭ ހަމައެކަނި ކަނޑުއޮޅިއެވެ.

ގާތްގަނޑަކަށް ދުނިޔޭގެ ވިޔަފާރީގެ 12 އިންސައްތަ މި ކަނޑުއޮޅިން ދުވާލަކު ދަތުރު ކުރާއިރު، ހޫތީން މި ކަނޑުއޮޅި ބަނދުކޮށްފިނަމަ، އެ ދަތުރުތައް ކުރަން ޖެހޭނީ އެފްރިކާ ވަށާލައިގެންނެވެ. އެހެން ކަމުން ދަތުރަށް އިތުރު 10 ނުވަތަ 14 ދުވަސް ހޭދަވާނެއެވެ.

MALDIVE GASAllied Insurance