logo
logo
ސުޕްރީމް ކޯޓަށް ގޮންޖަހާ ޓެރިފް %10 އިން %15 އަށް މަތިކޮއްފި!

ސުޕްރީމް ކޯޓަށް ގޮންޖަހާ ޓެރިފް %10 އިން %15 އަށް މަތިކޮއްފި!

2026 ފެބްރުއަރީ 22
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

އެމެރިކާއިން ގައުމުތަކަށް ކަނޑައަޅާފައިވާ %10 ގެ ޓެރިފް ރޭޓު %15 އަށް މަތިކުރުމަށް އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަންޕު ނިންމަވައިފިއެވެ.

ޓްރަންޕު މި ނިންމުން ނިންމާފައި މިވަނީ ގައުމުތަކަށް ކަނޑައަޅާފައިވާ ޓެރިފް ތަކަކީ އެގައުމުގެ ގާނޫނުތަކާއި ހިލާފަށް ނިންމާމައިފައިވާ ޓެރިފް ތަކެއް ކަމަށް އެގައުމުގެ ސުޕުރީމް ކޯޓުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

އެ ގައުމުގެ ސުޕުރީމް ކޯޓުން ނިންމި ނިންމުމުގައި ވާގޮތުން ޓެރިފް ރޭޓުތައް ބޮޑުކުރުމުގެ ކުރިން އެ ގައުމުގެ ކޮންގްރެސްގެ ހުއްދަ ހޯދަންޖެހެއެވެ. ނަމަވެސް ޓްރަންޕު ޓެރިފްރޭޓުތައް ބޮޑުކޮއްފައިވަނީ އެގައުމުގެ ކޮންގްރެސްގެ ހުއްދަނުހޯދާކަމުން ގައުމުތަކަށް ކަނޑައަޅާފައިވާ ރޭޓުތަކަކީ ސައްހަ ރޭޓުތަކެއް ނޫންކަމަށް އެގައުމުގެ ސުޕްރީމްކޯޓުން ވަނީ ބުނެފައެވެ.

ބެލެވޭ ގޮތުގައި ޓެރިފް ރޭޓުތައް އިތުރަށް ބޮޑުކުރުމަށް ޓަރަންޕު ނިންމަވާފައިވަނީ ސުޕުރީމް ކޯޓުގެ މި ނިންމުމާއި މެދު ހިތްހަމަ ނުޖެހިގެންނެވެ.

މި ކަމާއި ގުޅިގެން ޓަރަންޕު އޭނަގެ ޓްރޫތް ސޯޝަލްގައި ބުނެފައިވަނީ ތިމަންނާއަކީ އެމެރިކާގެ ރައީސް ކަމަށާއި މިހާރުން ފެށިގެން ގައުމުތަކުގެ ޓެރިފްރޭޓު %10 އިން %15 އަށް ބޮޑުކުރަން ނިންމާފައިވާކަމަށެވެ.

ޓެރިފްތައް އިތުރަށް ބޮޑުކުރަން ނިންމުމާއި ގުޅިގެން ޖަރުމަނުގެ ޗާންސެލާ ވިދާޅުވީ ޓެރިފަކީ ޔޫރަޕުގެ ގައުމުތަކުގެ އިގްތިސޯދުތަކަށް ލާ ޒަހަރެއްކަމަށާއި މި ކަމުގެ ސަބަބުން ޔޫރަޕަށް އަދި އެމެރިކާއަށްވެސް މިކަމުގެ ނޭދެވޭ އަސަރު ކުރަމުން ދާކަމަށެވެ.

މީގެ އިތުރުން އިގްތިސޯދީ މާހިރުން ބުނާ ގޮތުގައި މި ނިންމުގެ ސަބަބުން ބައެއް މުދާތަކުގެ އަގު އިތުރަށް ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. އަދި ބޮޑުކުރި ޓެރިފްތަކުގެ ގެއްލުން އެމެރިކާގެ ވިޔަފާރިތަކަށްވެސް ކުރާނެކަމަށް މާހިރުން ބުނެއެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most