logo
logo
މޮރޮކޯ ބަލިކޮށް ސެނެގާލުން އެފްރިކަން ކަޕް ކާމިޔާބުކޮށްފި

މޮރޮކޯ ބަލިކޮށް ސެނެގާލުން އެފްރިކަން ކަޕް ކާމިޔާބުކޮށްފި

2026 ޖެނުއަރީ 19
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ޗެމްޕިއަންކަން ސެނެގާލް އިން ހޯދައިފި އެވެ.

މުބާރާތް ބާއްވާ މޮރޮކޯ އާއި ދެކޮޅަށް ފައިނަލުގައި ސެނެގާލް ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާތީ މި މެޗުގައިވަނީ އިތުރު ވަގުތު ކުޅެފަ އެވެ.

މެޗުގެ އިތުރު ވަގުތުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ސެނެގާލްގެ ޕާޕޭ ގުއޭ ވަނީ ލަނޑެއް ޖަހާ ސެނެގާލް އަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގެ އިތުރު ވަގުތުގެ ކުޅުން ނިމެން ހަ މިނިޓަށް ވެފައިވަނިކޮށް ސެނެގާލްގެ ޑިފެންޑަރ އެލްހާޖީ މާލިކް ދިއޫފް ކުރި ފައުލަކާއި ގުޅިގެން ކޮންގޯގެ ރެފްރީ ވަނީ މޮރޮކޯ އަށް ޕެނަލްޓީއެއް ދީފަ އެވެ.

ނަމަވެސް ބްރާހިމް ޑިއާޒް މި ޕެނަލްޓީ ޖެހިއިރު ސެނެގާލްގެ ގޯލުކީޕަރު އެޑުއާޑޮ މެންޑީ ވަނީ ޕެނަލްޓީ މަތަކޮށްފަ އެވެ.

މޮރޮކޯ އިން 1976 ވަނަ އަހަރަށް ފަހު އެފްރިކަން ކަޕް ހޯދަން ކުރި އިންތިޒާރު މި ވަނީ ދިގުލައިފަ އެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most