logologologologo
STO
ޚަބަރު

އެންމެފަހުގެ ޗެމްޕިއަން ރެއާލް ބަލިކޮށް އޭސީ މިލާން ޗެމްޕިއަންސްލީގުގެ ދެވަނަ މޮޅު ހޯދައިފި

އެންމެފަހުގެ ޗެމްޕިއަން ރެއާލް ބަލިކޮށް އޭސީ މިލާން ޗެމްޕިއަންސްލީގުގެ ދެވަނަ މޮޅު ހޯދައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2024 ނޮވެމްބަރު 06

ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އޭސީ މިލާން އަތުން 3-1 އިން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

މި މެޗުގައި މިލާނުން ލީޑު ނެގީ 12 ވަނަ މިނެޓުގައި ޑިފެންޑަރު މަލިކް ޗޯ ޖެހި ގޯލުންނެވެ. އޭގެ ފަހުން 23 ވަނަ މިނެޓުގައި ވިނީ ވަނީ ޕެނަލްޓީއަކުން ރެއާލަށް އެއްވަރުކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުގެ ކުރީގެ ފޯވާޑް އަލްވާރޯ މޮރާޓާ ވަނީ މިލާނަށް އަލުން ކުރި ހޯދައިދީފަ އެވެ. މިލާނުން ލީޑު ފުޅާކުރީ 73 ވަނަ މިނެޓުގައި ޓިޖާނީ ރެއިންޑާސް ޖެހި ގޯލުންނެވެ.

މި މެޗުގައި މިލާނުން ޖެހި ތިންވަނަ ލަނޑު މެޗުގެ 73 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ތިޖާނީ ރެއިންޑާރސް އެވެ.

މި މެޗުން ބަލިވުމާއެކު ރެއާލް މެޑްރިޑް ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފަ އެވެ. މީގެ ކުރިން ފްރާންސްގެ ލިލް އަތުންވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.

އަދި ދާދި ފަހުން އެލް ކްލެސިކޯގައި ބާސެލޯނާ އަތުންވެސް ވަނީ 4-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.

ރެއާލް މެޑްރިޑް ބަލިވެ ގޯސް ހާލަތަކަށް ދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ވެސް ވަނީ ރޭގެ މެޗަށްފަހު ބުނެފައެވެ. މިލާނާ އެކު ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ އޭނާގެ ޓީމު މިއަށް ވުރެ އޯގަނައިޒްވާން ޖެހޭ ކަމަށެވެ.

މިދިޔަ ހަފުތާގައި އޮތް ބެލޮންޑިއޯ އެވޯޑްސްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ރެއާލުގެ ވިނީޝިއަސް ޖޫނިއާ އަށް ނުލިބުމުން ހިތްހަމަނުޖެހިފައި އޮތް ރެއާލުގެ ޓީމުން، އެ ޓީމުގެ ފެންވަރު މި މެޗުގައި ސާބިތުކޮށްދޭނެ ކަމަށް ދިޔައީ ބުނަމުންނެވެ. އެކަމަކު ރޭގެ މެޗުގައި ރެއާލުގެ ފަރާތުން ފެނުނީ މާބޮޑު ރޫހެއް ނެތް ކުޅުމެކެވެ. ހާއްސަކޮށް ފޯވާޑް ކީލިއަން އެމްބާޕޭގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް