logo
logo
ދެކުނު އޭޝިއާ އެތުލެޓިކްސް މުބާރާތުން ގައުމީ އަންހެން ރިލޭ ޓީމަށް ބްރޯންޒް މެޑަލް

ދެކުނު އޭޝިއާ އެތުލެޓިކްސް މުބާރާތުން ގައުމީ އަންހެން ރިލޭ ޓީމަށް ބްރޯންޒް މެޑަލް

2025 އޮކްޓޯބަރު 26
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

އިންޑިއާގެ ރާންޗީގައި ކުރިއަށްދާ ދެކުނު އޭޝިއާގެ ހަތަރު ވަނަ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުން ބްރޯންޒް މެޑަލް ހޯދައިފިއެވެ.

ދެކުނު އޭޝިއާގެ ހަތަރު ވަނަ އެތުލެޓިކްސް މުބާރާތުގައި ވާދަކުރި ގައުމީ އަންހެން ރިލޭ ޓީމުން ބްރޯންޒް މެޑަލް ހޯދާފައިވަނީ ހަތަރެއް ގުނަ 100 އިވެންޓުންނެވެ.

މި އިވެންޓުން ބްރޯންޒް މެޑަލް ހޯދި ގައުމީ އަންހެން ރިލޭ ޓީމުގައި ހިމެނެނީ އައިޝަތު ޝަބާ ސަލީމް، ހައްވާ މުޒްނާ ފާއިޒު، އަހްނާ ނިޒާރު އަދި ޒިވާ މޫސާ ޝަފީއު އެވެ.

މި ރޭހުގަައި ފަސް ޓީމުން ވާދަކޮށްފައިވާއިރު، މި ރޭހުގެ އެއްވަނަ ހޯދާފައިވަނީ ސްރީ ލަންކާ އިންނެވެ. ސްރީ ލަންކާއިން މި ރޭހުގެ އެއްވަނަ ހޯދާފައިވަނީ 44.70 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރޭހުގެ ދެވަނަ ހޯދާފައިވަނީ މުބާރާތް ކުރިއަށްދާ ގައުމު އިންޑިއާ އިންނެވެ. އިންޑިއާއިން މުބާރާތުގެ ދެވަނަ ހޯދާފައިވަނީ 44.93 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި މުބާރާތުގެ ތިން ވަނަ ރާއްޖެއިން ހޯދާފައިވާއިރު، ރާއްޖެއިން ތިން ވަނަ ހޯދާފައިވަނީ 47.79 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަދި ހަތަރު ވަނައިގައި ބަންގްލަދޭޝް މި ރޭސް ނިންމާފައިވާއިރު، ބަންގްލަދޭޝް އިން ރޭސް ނިންމާފައިވަނީ 48.21 ސިކުންތުންނެވެ. އަަދި މި ރޭހުގެ އެންމެ ފަހުން ރޭސް ނިންމާފައިވަނީ ނޭޕާލްއެވެ. ނޭޕާލް ރޭސް ނިންމާފައިވަނީ 50.17 ސިކުންތުންނެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most