ޕްރިންސިޕަލުންގެ މަހާސިންތާ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙް ކޮށްދެއްވައިފި
ޒައުޖަތު އަޙުމަދުރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕްރިންސިޕަލުންގެ މަހާސިންތާ އިފްތިތާޙްކޮށްދެއްވައިފިއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ހެނދުނު ބޭއްވި، މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢުއެވެ.
ޕްރިންސިޕަލުންގެ ކޮންފަރެންސްގެ ބޭނުމަކީ، ޤައުމުދެކެ ލޯބިވާ، ވިސްނާ ފިކުރުކުރާ ދަރިވަރުންތަކެއް ބިނާކޮށް ދިރިއުޅުމަށް ތައްޔާރުކުރުމަށްޓަކައި ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުންނާއިއެކު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވުނު އެކިއެކި ދާއިރާތަކުގެ ސިޔާސަތު، ޕްރިންސިޕަލުންނާއި އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިންގެ ޚިޔާލާއި މަޝްވަރާއާއި އެކު އިތުރަށް ތަރައްޤީކުރުމެވެ.
ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ޕްރިންސިޕަލުން ބައިވެރިވެއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާލީ ފިލައެއް އަރުވާފައެވެ. މި ފިލާ އެމަނިކުފާނާ ޙަވާލުކޮށްދެއްވީ ތަޢުލީމީ ވަޒީރު ޑޮކްޓަރ އިސްމާޢީލް ޝަފީޢުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މުދައްރިސުންގެ ހުނަރުތައް ތަރައްޤީކުރުމަށް ގިނަ މަސައްކަތެއް ކުރިއަށްވެސް ރޭވިފައިވާކަމަށާއި އަންނަ އަހަރު އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް ބޮޑު ކެމްޕޭނެއް ފަށްޓަވާނެކަމަށާއި މީގެދަށުން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި ފަންނީ ޤާބިލުކަން މަތިކުރުމަށް ދޭންޖެހޭ ތަމްރީންތައް ލިބޭނެކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކައުންސިލްތަކަށް ފަތުރުވެރިކަމުގެ ނަފާ ލިބޭގޮތަށް ޤާނޫނު އިޞްލާޙްކޮށް ޢަމަލުކުރަންފަށައިފި2025 ޑިސެމްބަރު 06
މަސްތުވާތަކެތި އެތެރެކުރާ މީހުނަށް މަރުގެ އަދަބު ދޭގޮތަށް އިޞްލާޙްކުރި ޤާނޫނު ތަސްދީޤްކުރައްވައިފި2025 ޑިސެމްބަރު 06
ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ޚަރަދު އުނިވާގޮތަށް އިޞްލާޙުކުރި ޤާނޫނަށް ޢަމަލު ކުރަންފަށައިފި2025 ޑިސެމްބަރު 06
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވައިލި ޒަކާތުގެ ބިލު ތަސްދީޤު ކުރައްވައިފި2025 ޑިސެމްބަރު 06