
ކާރު އެކްސިޑެންޓެއްގައި ލިވަޕޫލްގެ ޖޮޓާ މަރުވެއްޖެ
2025 ޖުލައި 03
ސްޕެއިނުގައި ހިނގި ކާރު އެކްސިޑެންޓެއްގައި، ލިވަޕޫލަށް ކުޅެމުން އަންނަ 28 އަހަރުގެ ޕޯޗުގީސް ފޯވާޑް، ޑިއޯގޯ ޖޮޓާ، މަރުވެފައިވާ ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
ފުޓުބޯޅަ ހަބަރުތައް ގެނެސްދޭ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
ސްޕެއިނުގެ ޒަމޯރާ ޕްރޮވިންސްގައި ހިނގި މި އެކްސިޑެންޓްގައި ޖޮޓާގެ އިތުރުން، އޭނާގެ ކޮއްކޮ، އަންޑްރޭ ވެސް ކާރުގައި އިނެވެ. އެކްސިޑެންޓްވެ، ކާރުގައި އަލިފާން ރޯވިއިރު، ޖޮޓާގެ އިތުރުން، އަންޑްރޭ ވެސް މަރުވި ކަމަށް ސްޕެއިނާއި ޕޯޗުގީސް މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.
ޖޮޓާ، މިއަދު އެކްސިޑެންޓެއްގައި މަރުވިއިރު، އޭނާ ކައިވެނި ކޮށްފައިވަނީ، މީގެ ދެ ހަފްތާ ކުރިން މިދިޔަ މަހުގަ އެވެ. އަދި ޖޮޓާގެ ތިން ދަރިން ތިބެ އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
