
އަޒްމިރަލްދާއާއި މަހާޒް ފަނޑިޔާރުކަމުން ވަކިކޮށްފި!
ޒައުޖަތު އަޙުމަދުސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު ޢަލީ ޒާހިރުގެ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމައި، ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ މަޤާމުން ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަޠީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ޤާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީގެ ރިޕޯޓްގައި ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ޤާޟީ ޞަފްއަތު ޙަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ޤާޟީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. މި ޢަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ކޮމިޓީން ނިންމިއެވެ.
ދެ ފަނޑިޔާރުން މަޤާމުން ވަކިކުރަން މަޖިލީހުގެ ތަޅުމުން ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ދަރިންނަށް ދެ އަހަރު ފުރެންދެން މުވައްޒަފުންނަށް ހުސް ވަގުތު ލިބޭ ގޮތް ހަދައިފި2026 މާރިޗު 14
ދިވެހިރާއްޖޭގައި އަލަށް ތަޢާރަފުކުރާ އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް އިފްތިތާޙުކޮށްފި2026 ފެބްރުއަރީ 08
މަޖިލީހުގެ ރައީސް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި2026 ޖެނުއަރީ 14
އަންނަ މަހުގެ 5 ގައި ސަރުކާރު ބަންދު!2026 ޖެނުއަރީ 13